ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުން އަމިއްލައަށް އެެދިގެން އެހެން ކޯޓަކަށް ބަދަލު ނުވެވޭ ގޮތަށް ހަދައިފި

ޖޭއެސްސީގެ ބައްދަލުވުމެއްގެތެރެއިން. ފޮޓޯ: ވޮއިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުން އެއް މަރުހަލާގެ އެހެން ކޯޓަކަށް އަމިއްލައަށް އެދިގެން ބަދަލު ނުކުރެވޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފިއެވެ.

ޖޭއެސްސީގެ ގާނޫނަށް މިދިޔަ އަހަރު ގެނެސްފައިވާ އިސްލާހަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، އެޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދު ބުނާގޮތުން އެއް މަރުހަލާގެ އެހެން ކޯޓަކަށް ފަނޑިޔާރަކު ބަދަލު ކުރެވޭނީ އެ ފަނޑިޔާރަކު އަމިއްލައަށް އެދިގެން ނުވަތަ އެހެން ކޯޓަކަށް ބަދަލުވުމުގެ ފުރުސަތު ޖޭއެސްސީން ފަނޑިޔާރުންނަށް ހުޅުވާލުމުންނެވެ.

މިގަވާއިދުގައި ބުނެފައިވާ ގޮތުން ފަނޑިޔާރަކު މަސައްކަތްކުރަމުން އަންނަ ކޯޓު އުވިގެންދާ މަރުޙަލާ ފިޔަވައި، އެހެން ޙާލަތްތަކުގައި، އެއްވެސް ފަނޑިޔާރަކު އޭނާ ޢައްޔަންކުރެވޭ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރަންވާނީ، ޖުޑީޝަލް ކައުންސިލްގެ ހުށަހަޅައިގެނެވެ. މިގޮތުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރާނަމަ، ބަދަލުކުރެވޭނީ އިންޓަވިއުގެ މަރުހަލާވެސް ފުރިހަމަ ކޮށްފައެވެ.

ގަވާއިދުގައި ވަނީ ފަނޑިޔާރު އެހެން ކޯޓަކަށް ބަދަލުކުރަން ޖޭއެސްސީން ނިންމައިފި ނަމަ، ރަސްމީ 15 ދުވަސް ތެރޭގައި އެ ފަނޑިޔާރު އެވަގުތު ހުރި ކޯޓުގައި ހުރި މަސައްކަތްތައް ނިންމަން ޖެހޭނެކަމަށެވެ. މީގެ އިތުރުންވެސް ގަވާއިދުގައި ބޭރުޤައުމުތަކަށް ފަނޑިޔާރަކު ދާނަމަ އެކަން ކުރެވޭނީ ޖޭއެސްސީގެ ހުއްދައާއިއެކު ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމުގައި ބުނެފައިވެއެވެ. އަދި މުއްދަތު އިތުރު ކުރާނަމަ އެކަން ކުރަނީވެސް ޖޭއެސްސީންކަމަށް ބުނެފައިވެއެވެ.

މިޤަވާއިދުގައި ބުނާގޮތުން ކޯޓުތަކުގެ އިދާރީ އެންމެހައި މުވައްޒަފުންނަށް ވަޒީފާދީ ވަޒީފާއިން ވަކިކޮށް ވަޒީފާގެ ކުރިއެރުން ދޭނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: