ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައްހަ ނޫން ސްލިޕް ފޮނުވުން އިތުރުވާތީ ސަމާލުވާން އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ސައްހަނޫން ޓްރާންސްފަރ ސްލިޕް ފޮނުވައި، މަކާރާއި ހީލަތުން މުދާ ހޯދާ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ފަހަކަށް އައިސް މާލޭގެ ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ޓްރާންސްފަރ ސްލިޕް ހަދައި ވައިބަރކޮށް އޮޅުވާލައި މަކަރާއި ހީލަތުން މުދާ ހޯދަމުންދާ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ.

އެގޮތުން މިފަދަ މީހުން އެކަން ކުރާކަން ފާހަގަކުރެވިފައިވަނީ އެޑިޓްކޮށް ހަދާފައިވާ ސައްހަނޫން ސްލިޕެއް، އެ ސްލިޕްގެ ތާރިހާއި ވަގުތާ އަދި ގަންނަން ބޭނުންވާ އެއްޗަކަށް އަރާ އަގު ބަދަލުކޮށް އެޑިޓްކޮށްގެން ކަމަށާއި އަދި އެ ސްލިޕްގައި ޖަހާފައިވާ ގަޑީގެ ދެތިން މިނެޓް ކުރިން އެ ސްލިޕްގެ އަގަށްވާ ތަކެތި ނަގަންފިހާރައަށް ގޮސް ވިޔަފާރި ކުރުމަށްފަހު ފައިސާ ދައްކަން ބުނުމުން، ފައިސާވެސް އެކައުންޓަށް ފޮނުވައި ސްލިޕް ވައިބަރ ކޮށްފައިވާކަމަށް ވައްކަންކުރަން އައި މީހާ ބުނާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މިހެން ބުނުމުން ފިހާރައިގެ ފޯނަށް ޓްރާންސްފަރ ސްލިޕް ވައިބަރ ކޮށްފައި އޮތްތަން ފެނުމުން ސޭޓުވެސް އެކައުންޓް ބަލައެއް ނުލާ ކަމަށާއި އެކައުންޓްގެ ނަންބަރު ރަނގަޅުތޯވެސް ކަށަވަރުކޮށް ނުލާއިރު ޓްރާންސްފަރ ސްލިޕް ވައިބަރކޮށްފައި އޮތުމުން ވިޔަފާރިކުރި މީހާ ނުވަތަ އެއްކަލަ ވަގު ކަސްޓަމަރަށް ޔަގީންކަންދީ ފޮނުވާލަނީ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ވައްކަންކުރާ ވަގުން މޮޅެތި އުކުޅުތައް އީޖާދުކޮށް ޒަމާނާ އެއްގޮތަށް ވައްކަންކުރުން ވެސް ތަރައްގީ ކުރަމުންދާއިރު، މަކަރުވެރިންގެ މި އުކުޅުތަކަށް ވިޔަފާރިވެރިންނާއި ސޭޓުން ވަރަށް ރަނގަޅަށް ސަމާލުވެ ލޯ ހުޅުވައިގެން ތިބެންޖެހޭ ކަމަށެވެ.

އެގޮތުން އޮންލައިންކޮށް ވިޔަފާރިކުރުމަށްފަހު ފޮނުވާ ސްލިޕްތައް ފޮނުވުމުން އެކައުންޓަށް ޖަމާވެފައިވޭތޯ އާއި އެކައުންޓް ނަންބަރު ރަނގަޅުތޯ ވަގުތުން ބަލާލުމަކީ މިފަދަ ކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަމެއް ކަމަށާއި އަދި އޮންލައިން ޓްރާންސްފަރ ކޮށްފިނަމަ ކަސްޓަމަރުގެ މައުލޫމާތު ނޯޓުކުރުމަކީވެސް މިފަދަ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެއްކަން ފުލުހުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: