ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިޔާމްގެ ސުވާލެއް ރައީސަށް: ސޯލިހު ވީމަ ކޮވިޑްވެސް ސޯލިހު ވަނީތޯ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސްގެ ނަމަކީ އިބްރާހީމް މުހައްމަދު ސޯލިހުއަށް ވުމުން ކޮވިޑްވެސް ސޯލިހު ވަނީތޯ އިދިކޮޅު ޕީޕިއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ސުވާލު ކުރައްވައިފިއެވެ.

ޝިޔާމް މިހެން އެ ވިދާޅުވީ ލ.ގަމު ކައުންސިލްގެ ރައީސް ސޮއިކުރައްވާ އެރަށު ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލްގެ ޕްރިންސިޕަލަށް ފޮނުއްވާފައިވާ ސިޓީއެއްގައި ރައީސް ސޯލިހު، ލ. ގަމު ތިން އަވަށުގެ ކަރަންޓް އެއް ވިއުގައިން ގުޅާލަދެއްވުމާއި، ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން ޚިދުމަތް ފައްޓަވައި ދެއްވުމާއި، ގަމު ޒޯން ސްޓޭޑިއަމް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތަށް އަންނަ މަހުގެ 3 ވަނަ ދުވަހު ވަޑައިގަންނަވާއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ސްކޫލްގެ ވީހާވެސް ގިނަ ދަރިވަރުން ނެރުމަށް އަންގާފައިވަނިކޮށެވެ.

އެސިޓީ ހިއްސާކުރައްވައި ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގައި ކޯވިޑް އެންމެ ގަދަޔަށް ފެތުރެމުންދަނީ މާލޭގައި ކަމަށާއި، ރައީސް މާލެއިން ލ.ގަމަށް ވަޑައިގަންނަވާތީ އިސްތިގުބާލުގައި ނިކުންނަން ސްކޫލް ދަރިވަރުންނަށް މަޖުބޫރު ކުރުވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.
“ކޯވިޑް ފެތުރެނީ ޕީޕީއެމް ޕީއެންސީ މީހުންނާއި ރިސޯޓް މުވައްޒަފުން ދިޔައިމަތޯ؟” ޝިޔާމް ސުވާލު ކުރެއްވިއެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ދައުލަތުގެ އިސް ބޭފުޅުން ރަށްރަށް ވަޑައިގެން ކަރަންޓީން ނުވެ، އާންމު ރައްޔިތަކު ރަށް ރަށަށް ދާއިރު ކަރަންޓީންވާން ޖެހޭތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: