ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތޫފާން ބުރެވި: ސްރީލަންކާ އަށް ރަތް ސަމާލު

ޝެއާރކޮށްލާ ކަހަލަދޯ؟

ތޫފާނަކަށް ބަދަލުވުވަމުން އަންނަ ކޮޅިގަނޑު ސްރީލަންކާއާ ދިމާލަށް މިސްރާބު ޖަހާފައި ވާތީ، އެ ގައުމުގެ މޫސުމާއި ބެހޭ އިދާރާއިން އިން ރަތް ސަމާލު ނެރެފިއެވެ.

އެޤައުމުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައި ވަނީ، ލަންކާއާއި ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝާ ސިސްޓަމް، ޑިޕްރެޝަނަކަށް ބަދަލުވަމުން އަންނަ ކަމަށާއި ކުރިޔަށް އޮތް 12 ގަޑިއިރު ތެރޭ މި ސިސްޓަމް “ޑީޕް ޑިޕްރެޝަން” އަކަށް ބަދަލުވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ސުރީލަންކާގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ކޮޅިގަނޑު ދަނީ ލަންކާގެ އައްސޭރީގައި އޮންނަ ޓްރިންކޮމަލީގެ އިރުދެކުނުން 750 ކިލޯމީޓަރު ދުރުން ކަމަށެވެ.

އެ ސަރަޙައްދުގެ ކަނޑުތައް ގަދަވެ ވައިބަރުވާނެތީ އާންމު ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

އެޤައުމަށް މޫސުން ވަރަށް ބޮޑަށް ގޯސްވެގެން ހިނގައިދާނެކަމުގެ އިންޒާރުވެސްވަނީ ނެރެފައެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 40%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: