ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްރަށުގައި ރާ ވިއްކުމަކީ “ރިހޭ ފައި މައްޗަށް ފޮއި” ވެއްޓުން: އާދަމް ޝަރީފް

ޕީއެންސީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށް ރަށުގައި ރާ ވިއްކަން އުޅުމަކީ “ރިހޭ ފައި މައްޗަށް ފޮއި” ވެއްޓުންފަދަ ކަމެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަސި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށަަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާ ވިއްކޭނެ ގޮތް ހަދަން ޖެހޭ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ.

މިމައްސަލާގައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ފޭރަން މިއަދުވެސް ޑްރަގުގެ ނުރައްކާތެރި ވަބާގައި ޖެހި ހަލާކުވެފައިވާއިރު، އެކަމުގެ ހިތާމާގައި އެތައް އާއިލާއެއް ހިތްދަތިކަމުގައި ތިބި ވަގުތެއްގައި އިތުރު ނުރައްކަލަކަށް މުޖުތަމައު ހުށަހެޅޭ ކަމެއް ކުރުމަށް އުޅުމަކީ ޤައުމުގެ ހަލާތު އިތުރަށް ނުރައްކަލަށް ވައްޓާލުމަށް ކުރެވޭ ކަމެއް ކަމުގައެވެ.

“ރަށް ރަށުގައި ރާ ވިއްކުމާ ދެކޮޅަށް އަނެއްކާވެސް ރައްޔިތުން ނިކުންނަންޖެހޭ.” އާދަމް ޝަރީފް ވިދާޅުވިއެވެ.

ރަށްރަށުގައި ބަނގުރާ އާންމު ކުރުމަށް ދެއްކެވި ވާހަތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ ޝިޔާން އަށް ފާޑުކިޔަމުންނެވެ. އަދި މިއީ އެއްވެސް ހާލެއްގައި ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިއީ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީ ކުރައްވާފައިވާކަމެއްކަމަށް ދީނީ އިލްމުވެރިންވެސް ދަނީ ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: