ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ދަރަނި ކުޑަކުރެވިދާނެ ގޮތުގެ ޢިލްމީ ދިރާސާއެއް ކުރަން ޖެހޭ ޑރ ޝަހީމް

ޑޜ މުހައްމަދު ޝަހީމް އަލީ ސައީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ދަރަނި އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންދާއިރު ދަރަނި ކުޑަކުރެވިދާނެ ގޮތުގެ ޢިލްމީ ދިރާއެއް ހަދަން ޖެހޭ ކަމަށް ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ޗާންސިލަރ ޑރ މުހައްމަދު ޝަހީމް އަކީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ ދިވެހި ދައުލަތުގެ ދަރަނި އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންދާ މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރައްވަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ޑރ ޝަހީމް ކުރެއްވި ޓުވިޓެެއްގައި ވިދާޅުވީ ރާއްޖޭގެ ދަރަނި ކުޑަކޮށް އިޤުތިޞާދު ތަފާތު ދާއިރާތަކަށް ފުޅާކުރެވިދާނެ ގޮތްތަކަކާ މެދު ރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީތަކުން ޢިލްމީ ދިރާސާތައް ކުރުން ވަރަށް ބޭނުންތެރި ކަމަށެވެ. ދިވެހިރާއްޖެއަކީ އުފެއްދުންތެރި، ފުދުންތެރި ހަރުދަނާ އިޤުތިޞާދެއް އޮތް ޤައުމަކަށް ހެދިދާނެ. ކަމަށް ވެސް ޑރ ޝަހީމް ވިދާޅުވިއެވެ.

ދިވެހި ދައުލަތުގެ ދަރަނި ކުޑަކުރެވިދާނެ ގޮތުގެ ޢިލްމީ ދިރާސާއެއް ހެދުމަށް ޑރ ޝަހީމް ހިޔާލް ދެއްވިއިރު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓަކީ ދަރަނި ބޮޑު ބަޖެޓެކެވެ. އެކަމުގެ ކަންބޮޑުވުން ގަވަރނަރ އަލީ ހާޝިމް ވެސް ވަނީ ފާޅު ކުރައްވާފައެވެ.

އަންނައަހަރަށް ހުށަހެޅި ބަޖެޓުގެ މަސައްކަތް ބަޖެޓު ކޮމެޓީން ހޯމަ ދުވަހުގެރޭ ނިންމާލާފައިވާއިރު، ބަޖެޓު ކޮމިޓީއިންވެސް ވަނީ ގިނަ އިސްލާހުތަކެއް ހުށައަޅާފައެވެ. ބަޖެޓަށް ހުށައެޅި އިސްލާހުތަކާއި ގުޅިގެން ބަޖެޓުވަނީ 34.9 ބިލިއަން ރުފިޔާއަށް އިތުތުވެފައެވެ.

ފިނޭންސް މިނިސްޓްރީއިން މަޖލީހަށް ހުށައަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މަޖިލީހަށްް ހުށައެޅި ބަޖެޓަކީ 15 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ. އެހެންނަމަވެސް، ބަޖެޓު ޑެފިސިޓް މިހާރުމިވަނީ 12.3 ބިލިއަން ރުފިޔާއަށް ކުޑަކުރުމަށް ބަޖެޓު ކޮމެޓީއިން ފާސްކޮށްފައެވެ.

ބަޖެޓު ކޮމެޓީއިން ހުށައެޅި ބައެއް އިސްލާހުތަކަށް ބަލާއިރު ބައެއް މިނނިވަން މުއައްސަސާތަކަށް ދޭ ފައިސާ އިތުރުކުރުމާއި، ދައުލަތަށް އާމްދަނީ ލިބޭނެ ބައެއް ގޮތްތައް އިތުރުކުރުން ހިމެނެއެވެ. އެގޮތުން މަޖިލީހަށް ބަޖެޓު ހުށައެޅިއިރު އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓުކޮށްފައިވާ 17.8 ބިލިއަން ރުފިޔާގެ ބަދަލުގައި ޖުމްލަ އާމްދަނީ 21 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރުމަށް ކޮމެޓީއިން ވަނީ ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: