ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވުނު އިސްލާހް ބާތިލްކުރުމުން އުޝާމްގެ ފާޑުކިޔުން ސަރުކާރަށް

ކުރީގެ ޑެޕިޔުޓީ އެޓާނީ ޖެނެރަލް އަދި މިޙާރު ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވުނު އިސްލާހް ބާތިލްކުރުމުން ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމްގެ ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

މާލޭގެ ގްރީން ޒޯން ހިމެނޭ ސަރަހައްދުތައް ފިޔަވައި ހުރިހާ ތަނަކަށް ހުއްދައަކާއި ނުލައި އެއްވެވޭގޮތަށް، އެއްވެ އުޅުމުގެ ގާނޫނަށް ހުށައެޅި އިޞްލާހު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާފައިވަނީ ސުޕަ މެޖޯރިޓީގެ އައުލަބިއްޔަތު މެމްބަރުންގެ ވޯޓުންނެވެ. މި ބިލް ފާސްކުރުމަށް ވޯޓް ދެއްވީ 13 މެންބަރުންނެވެ. ފާސްކުރުމަށް ނުފެންނަކަމަށް 25 މެންބަރުން ވޯޓް ދެއްވިއެވެ. މިބިލް އަނބުރާ ދިރާސާކުރުމަށް ފޮނުވާފައިވަނީ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.

މި އިސްލާހު ފާސްނުކޮށް އަބުރާ ފޮނުވާލުމާއި ގުޅިގެން މެމްބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރައީސް ސޯލިހު އާއި އެމްޑީޕީން ވެރިކަމަށް އައުމުގެ ކުރިން ވެފައިވާ ވައުދެއްކަމަށާއި މިއަދު ވައުދު ފުއްދުމުގެ ބަދަލުގައި ވައުދު އަބުރާ މިވަނީ ކޮމިޓީއަށް ފޮނުވާލާފައިކަމަށެވެ.

“އެ އިސްލާހު ބާތިލްކުރުމަށް މިއަދު ވޯޓަށް އެހުމުން އެކަން ފާހެއްނުވި. ވައުދުވެފަ ވައުދު ފުއްދޭނީ ދެން މިހާކަންވަރަށް.” އުޝާމް ވިދާޅުވިއެވެ.

މިފަހަކަށް އައިސް އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާއި ގުޅިގެންނާއި މުސާރަ ނުދިނުމާ ގުޅިގެން ބިދޭސީން ވެސް އަންނަނީ މާލޭގައި އިހުތިޖާޖުތައް ކުރަމުންނެވެ.

ހޯމް މިނިސްޓްރީން ދާދިފަހުން ކުރި އިއުލާނެއްގައި ވަނީ ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ މާލޭގައި ކުރާ އެއްވެސް މުޒާހަރާއެއް، ނުވަތަ އެއްވުމެއް ވެސް ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް އޮކްޓޫބަރު، 2016 ގައި އިއުލާނަކުން ކަނޑައަޅާފައިވާކަން ހަނދާންކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: