ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އާއި އައްޑޫ އަދި ތިނަދޫއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީ އަދި ގދ، ތިނަދޫ އާއި ދެމެދު ކާގޯ ފެރީގެ ޙިދުމަތް ފަށައިފިއެވެ.

ގައުމީ ޝިޕިންގް ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގް ކުރި ޓްވީޓެއްގައި ބުނެފައިވަނީ އައްޑޫ އަދި ތިނަދޫއާ އިންޑިއާގެ ޓުޓިކޮރިން އާއި ދެމެދު ސީދާ ދަތުރުތަށް ފެށި ފުރަތަމަ ކާގޯ ބޯޓު ޓުޓިކޮރިން ބަނދަރުން މިހާރު ފުރާފައިވާ ކަމަށެވެ.

އަދި އެކުންފުނި މެދުވެރިކޮށް ކާގޯ ގެނައުމަށް ބުކިން ހެދުމަށްވެސް އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ. މިދެމެދު ކުރާ ފުރަތަމަ ކާގޯ ދަތުރަށް ފުރާފައިވަނީ އެމްވީ ބޮންތި2 ނަމަކަށް ކިޔާ ބޯޓެކެވެ.

މިކަމާއި ގުޅިގެން އިންޑިއާ ހައިކޮމިޝަނުން ބުނެފައި ވަނީ މިއީ ރާއްޖޭގެ ދެކުނާއި އިންޑިއާގެ ދެކުނާއި ގުޅުވާލުން ކަމަށެވެ. އަދި ކޮޗިން އާއި މާލެ އަދި ކުޅުދުއްފުއްޓާ ދެމެދު ކާގޯ ފެރީގެ ޙިދުމަތް ފެށިތާ ދެ މަސް ދުވަހުގެ ތެރޭ އިތުރު ސަރަހައްދަކަށް ކާގޯ ފެރީގެ ޙިދުމަތް ފެށިފައިވާކަން އިންޑިއާއިން ފާހަގަކޮށްފައި ވެއެވެ.

މިދަތުރުތަށް ފެށުމާއި ގުޅިގެން ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން ބުނެފައި ވަނީ މިކަމުގެ ސަބަބުން ދެކުނުގެ ރައްޔިތުންނަށް އަތްފޯރާ އަގުގައި މުދާ ލިބިގެން ދާނެ ކަމެއް ކަމަށާއި މިއީ ހިތަދޫ ޕޯޓު ލިމިޓެޑަށާއި ދެކުނުގެ ވިޔަފާރިތަކަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: