ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރަކަށްވުމުން މަގުމަތީގައި އުޅުނު ގޮތް ދޫކޮށްލަން ދަސްކުރަންޖެހޭ: ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީޙުގެ މެމްބަރަކަށްވުމުން މަގުމަތީގައި އުޅުނު ގޮތް ދޫކޮށްލަން ދަސްކުރަންޖެހޭ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ބައެއް މެމްބަރުންގެ ފަރާތުން ފެނިގެންދާ އަހްލާގީ މިންގަޑުތަކާ ހިާލާފް އަމަލުތަކަށް އިޝާރާތްކުރައްވައި ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖާހިލުންގެ ފަރާތުން މުޖްތަމަޢުއަށް ލިބޭ އުނދަގޫތައް ފިލުވައި، ލިބިފައިވާ ހުނަރުގެ ބޭނުން ހިއްޕަވައި ވައްކަމާއި ފޭރުމުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރަން ޖެހޭކަމަށެވެ.

ޖަމީލްގެ ޓްވީޓުގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް(ދޮންބިލަތް) ގެ ފޮޓޯއަކާއި، މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ގަޔަތް އަތްލައި ހަދާ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ ހިއްސާކޮށްފައެވެ.

ހަލީމް އިއްޔެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖެއަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ 30 އަހަރުގެ ދިގު މުއްދަތަކަށް މިސްރުގައި ހުންނަ އަޒްހަރު ޔުނިވާސިޓީއިން ތައުލީމު ހާސިލް ކުރެއްވި “މުދިމަކު” ވެރިކަން ކުރެއްވުން ކަމަށެވެ.

އޭނާ ދެއްކެވި ވާހަކަތަކަށްވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: