ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިސްލާމީ ޝަރީއަތަށް އަހުލުވެރިނުވުމަކީ ގުރްއާނުން ހުއްޖަތް ގާއިމުކުރުމަށް އޮތް ހުރަހެއް ނޫން”

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ އުއްތަމަ ފަނޑިުާރު ޑރ އަހުމަދު އަބްދުﷲ ދީދީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަވާ ބޭފުޅަކީ އިސްލާމީ ޝަރީއަތަށް އަހުލުވެރި މީހަކަށް ނުވުމަކީ ގުރްއާނުން ހުއްޖަތް ގާއިމުކުރުމަށް އޮތް ހުރަހެއް ނޫންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލިހުގެ ޖަލްސާއެއްގައި މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާ މެންބަރު އަޙްމަދު ސަލީމް ކީރިތި ޤުރުއާނުގެ އާޔަތެއް ވިދާޅުވާން ފެއްޓެވުމުން ރައީސް ނަޝީދު އެކަން ހުއްޓުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ ޤުރުއާން ހިތްޕުޅުން ދަސް ބޭފުޅެއް ނޫން ކަމުގައެވެ. އަދި މަޖިލިހުގެ ގިނަ މެންބަރުންނަކީވެސް ޤުރުއާން ހިތްޕުޅުން ދަސް ބޭފުޅުން ނޫން ކަމަށާއި މަޖިލިހުގައި ޝައިޚުން ނެތް ކަމުގައެވެ. އެހެންކަމުން ޤުރުއާނުގެ އާޔަތެއް ނުބައިކޮށް ބޭނުންކޮށްފާނެތީ ޤުރުއާނުގެ އާޔަތް ވިދާޅުވުމަށް އެދިވަޑައިނުގަންނަވާ ކަމުގައެވެ.

ނަޝީދު ދެއްކެވި ވާހަތަކަށް އިޝާރާތް ކުރައްވައި ޑރ. އަބްދުﷲ ދީދީ ވިދާޅުވީ އިސްލާމީ ޝަރީޢަތާއި، ދުސްތޫރީ ނިޒާމަށް އަހްލުވެރި ނޫން މީހަކު ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި ހުރުމަކީ، އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށް ހުވައިކޮށްގެން ތިބޭ މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ބަޙްޘުތަކުގައި ޤުރުޢާނުން ޙުއްޖަތް ޤާއިމުކުރުމަށް އޮތް ހުރަހެއް ނޫންކަމަށެވެ.

ރައީސް ނަޝީދު މަޖިލިހުގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެފައިވެއެވެ. ޚާއްޞަކޮށް ދީނީ ޢިލްމުވެރިންވަނީ އެމަނިކުފާނަށް ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: