ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބުނެފިއެވެ.

އެ ތިން ފަނޑިޔާރުންނަކީ ޏ.ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް އާއި ހދ.ކުޅުދުއްފުށި ކޯޓުގެ މެޖިސްޓްރޭޓެއްގެ އިތުރުން ތ.ކަނޑޫދޫ ކޯޓުގެ އިސް މެޖިސްޓްރޭޓެވެ.

ޖޭއެސްސީން ބުނީ ޏ.ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމްއާ ގުޅޭގޮތުން ބަލަނީ އޭނާ ބެލި މައްސަލައެއް ހިންގުމުގައި އެކަށީގެން ނުވާ މިންވަރަށް ލަސްވެފައިވާ ކަމަށް ބެލެވޭ މައްސަލައެއް ކަމަށެވެ.

ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމްއާ ގުޅޭގޮތުން ޖޭއެސްސީން ބަލަނީ ޖަމިއްޔާއެއް އުފައްދާ އެ ޖަމިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ބުނާ މައްސަލައަކާއި ތަފްރީގުކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި، މުޒާހަރާތަކުގައި ބައިވެރިވެ ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެ ފަދަ ހިޔާލުތައް ފާޅުކުރާ ކަމަށް ބުނާ މައްސަލައެކެވެ.

އަދި ތ.ކނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފްއާ ގުޅޭގޮތުން ޖޭއެސްސީން ބަލަން ނިންމާފައިވަނީ ގާނޫނު ހުއްދަކުރާ މިންވަރަށް ވުރެ ގިނައިން ކުޑަކުދިން އަރުވައިގެން ސައިކަލް ދުއްވާ ކަމަށް ބުނާ މައްސަލައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: