ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމް، ފައްޔާޒަށް: ނޭނގޭ ގޮތަށް ވެސް ވައްކަމެއް ނުކުރެވޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟
ނޭނގޭ ގޮތަށް ވެސް ވައްކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ރައްދު ދެއްވައިފި އެވެ.

ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ސަންގު ޓީވީން ގެނެސްދިން ޕްރޮގުރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައި ފައްޔާޒު ވަނީ އޭނާ ވައްކަން ނުކުރައްވާނެ ކަމަށާއި، އޭނާއާމެދު އެފަދަ ވާހަކަތައް ދައްކަވާ ބޭފުޅުންނަށް އޭނާ ވައްކަންކުރެއްވި ނަމަވެސް އެނގިވަޑައިނުގަންނަވާނެ ކަމުގައި ވިދާޅުވެފައެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވާއިރު، 2021 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭ ބަހުސްގައި ފިނޭންސް މިނިސްޓްރީގެ ބަޖެޓު ބޮޑުކޮށްފައި އޮތުމުން ޢާޒިމް ވަނީ ފައްޔާޒަށް ފާޑުވިދާޅުވެފައެވެ.

އެ ބަހުސްގައި ޢާޒިމް ވިދާޅުވެފައިވަނީ ސަރުކާރު ކުންފުނިތައް އުފައްދައިގެން ތަފާތު ވުޒާރާތަކުގެ ބާރުތައް އިޤުތިޞާދީ ވަޒީރުގެ އަތްޕުޅަށް ނަންގަވާ ކަމުގައެވެ. އަދި އެއީ އެމްޑީޕީގެ ކަނާތުފިޔައިގެން މެދުމިން ސިޔާސަތުތަކާ ފުށުއަރާ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑު ފަހަރެއްގައި ވެސް ނުބުނަން ވައްކަން ކުރަން މާ މޮޅުވާނެ އެކޭ، ތިމަންނައަށް މިކަން ކޮށްލެވިދާނެއޭ އެއްވެސް މީހަކަށް ނޭނގޭ އުސޫލުން. ނޫން ނުވެސް ކުރެވޭނެ. އެ ފުރުސަތެއް އަޅުގަނޑުމެން ނުވެސް ދޭނަން. ވައްކަން ނޭނގޭ ގޮތަށް ވެސް ނުކުރެވޭނެ. އަޅުގަނޑުމެނަށް އިނގޭ ކުރާ ވައްކަން. އަޅުގަނޑުމެނަށް އެބަހުރި އެކަން ފެންނަން ވެސް.” އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް ވިދާޅުވީ ވައްކަން ކުރާ ވާހަކަ ނުދައްކަނީ އެޔަށްވުރެއް ރީތިކޮށް އެކަންކަން ހައްލުކުރެވޭނެ ކަމަށް ގަބޫލުކުރާތީ ކަމަށެވެ. އަދި ބޭނުންވާ ގޮތަށް ކަންކަން ހައްލު ނުކުރެވޭނަމަ އެކަންކަން ރީތިކޮށް މަޖިލީހުގައި ކިޔާވެސް ލެވޭނެ ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: