ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން މަސްވެރިކަން އޮތީ ހަތަރު ވިޔަފާރިވެރިއެއްގެ ކޮންޓްރޯލްގަ، މިއަދު މަސްވެރިކަން އޮތީ ސަރުކާރުގެ ކޮންޓްރޯލްގަ: ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަސްވެރި ކަމުގެ ކޮންޓްރޯލް މީގެކުރިން އޮތީ ރާއްޖޭގެ ހަތަރު ވިޔަފާރިވެރިއެއްގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި އަދި މިއަދު މަސްވެރިކަން ކޮންޓްރޯލް ކުރަނީ ސަރުކާރުން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭތީއާއި، މަސްވެރިން ބާނާ މަސް ނުކުރި ގިނަ ދުވަސްވާ ކަމަށް ބުނެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރަށް ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި ތަރައްގީ ކުރެވޭ އައު ގިތްކެއް ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ މަސްވެރިކަން ޕްރައިވަޓައިޒް ކުރެވެންޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މީގެ އެތައް ޒަމާނެއް ކުރިން ވެސް މަސްވެރިކަން ކުރަމުން އައި ގޮތަށް އަދި ވެސް މަސްވެރިކަން ކުރުންކަމަށާއި އެކަމުގެ ސަބަބުން މަސްވެރިން ބިކަވެ ދަރަނިވެރިވެފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މީގެއިތުރުން ޖާބިރު ވިދާޅުވީ ރާއްޖޭގެ މަސްވެރިން ބާނާ މަސް ގަތުމަށް ހަމަޖައްސާފައިވާ ކުންފުންޏަކީ ސިޔާސީ ކުންފުންޏެއް ކަމަށާއި އެކަމުގެ ސަބަބުން ވެސް މަސްވެރިން ބިކަވެ ދަރަނިވެރިވެފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މީގެއިތުރުން ޖާބިރު ވިދާޅުވީ މަސްވެރިކަން ކުރިއެރުވުމަށް ކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު އެތައް ގޯސްތަކެއް ހަދަމުންދާއިރު ވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީޙުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތް ކަމަށާއި އެއީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޒަހާ ކަންތައް ކުރައްވާ ގޮތުން ނަސްވެރިން ބިކަވެފައިވާ ކަމަށާއި ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ކުރި ހަމަ އެއްވެސް ކަމެއް ނެތް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: