އިންޑިއާގެ އެހީގައި ހަތަރު ދާއިރާއަކުން އޮފިޝަލުން ތަމްރީނު ކުރަން ފަށައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނީ އެ ހަތަރު ދާއިރާއަކީ ކަސްޓަމްސް، އިލެކްޝަންސް ކޮމިޝަން، އަދި ސިވިލް ސާވިސް ކޮމިޝަނުގެ އިތުރުން ޓީޗަރުން ކަމަށެވެ.
އެގޮތުން އިންޑިއާގެ ފަރީދާބާދުގައި ހުންނަ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް އިން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 24 އޮފިޝަލުންނަށް ނަގައިދޭ އިންޓްލިޖެންސް، އިންވެސްޓިގޭޝަން އެންޑް އިންފޯމޭޝަން ގެދަރިން، އެނެލިސިސް އެންޑް އެންފޯސްމެންޓް އާއި ބެހޭ ސްޕެޝަލައިޒްޑް އޮންލައިން ޓްރެއިނިން ކޯހެއް ނޮވެމްބަރ މަހުގެ 23 އިން 27 އަށް ކުރިއަށް ދާނެއެވެ.
އަދި އިންޑިއާ އިންސްޓިޓިއުޓް އޮފް ޑިމޮކްރެސީ އެންޑް އިލެކްޝަން މެނޭޖްމެންޓް، އިލެކްޝަން ކޮމިޝަން އޮފް އިންޑިއާ (އީ.ސީ.އައި) ގެ ފަރާތުން ވަނީ ނޮވެމްބަރ 23-27 އާއި ދެމެދު ޕާޓްނާ ޑިމޮކްރެސީ ތަކުގެ ތެރެއިން އެކި ގައުމުތަކުގެ ބައިވެރިން ހިމެނޭހެން އީ-އައިޓެކް ވޯޓާ ރެޖިސްޓްރޭޝަން (ވީ.އާރް) ކޯހެއް ހިންގުމަށް ހަމަޖެހިފައެވެ.
މީގެއިތުރުން ދިވެހި ޓީޗަރުން ތަމްރީނުކުރުމުގެ ގޮތުން 5 ސްޕެޝަލައިޒްޑް އޮންލައިން ޓްރެއިނިން ކޯހެއް ނޮވެމްބަރ މި މަހު 16 ގައި ވަނީ ފެށިފައެވެ.
ޗެންނާއީ ގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް ފޯ ޓީޗާޒް ޓްރެއިނިން އެންޑް ރިސާޗް (އެން.އައި.ޓީ.ޓީ.އާރް) ގެ ފަރާތުން ހިންގޭ މި ކޯސް ތަކުގެ ތެރޭގައި ކޮލިޓީ އެޝުއަރެންސް އިން އޮންލައިން ޓީޗިން، ލާނިން މެނޭޖެމްނެޓް ސިސްޓަމްސް، އޮންލައިން ޓީޗިން ޔޫޒިން ކޮލެބޮރެޓިވް ޓޫލްސް، މޮނިޓަރިން ފްރޭމްވޯކްސް ފޯ އޮންލައިން ކޯސެސް، އަދި އިންސްޓްރަކްޝަނަލް ޑިޒައިން ފޯ އޮންލައިން ކޯސަސް ހިމެނެއެވެ.
އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯ ގުޑް ގަވަނެންސް އިން ދިވެހި ސިވިލް ސާވެންޓުންނަށް އަމާޒުކޮށްގެން 2 ދުވަހުގެ ވޯކްޝޮޕެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.