ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އޭޕްރީލްގައި އޯ ލެވެލް ފަށަނީ

ދަރިވަރުންތަކެއް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކެމްބްރިޖް އޯ ލެވެލް އިމްތިހާނު، އަންނަ އޭޕްރީލް މަހު ބާއްވަން ޝެޑިއުލްކޮށްފި އެވެ.

އޭޕްރީލް މަހު އިމްތިހާން ބާއްވަން ހަމަޖައްސާފައިވަނީ ކޮވިޑް 19 ގެ ސަބަބުން އިމްތިހާން ފަސްކޮށްފައި އޮތުމައް ފަހުގައެވެ.

ސްކޫލުތަކަށް ފޮނުވާފައިވާ ޝެޑިއުލްގައިވާ ގޮތުން އެންމެ ފުރަތަމަ އޭޕްރީލް 14، 2021 ގައި އޮންނަނީ އާޓް އަދި ޑިޒައިންގެ ޕޭޕަރެވެ.

އެންމެ ފަހު އިމްތިހާނު އިމްތިހާނުގެ ގޮތުގައި ބަޔޮލަޖީ ޓެސްޓު އޮންނާނީ ޖޫން 11، 2021 ގަ އެވެ.

އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނު ފަސްކޮށް  އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ ކޮވިޑުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުގައި ސިލަބަސް ނިންމައި އިމްތިހާނަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ލިބޭނެކަމަށް ނުފެންނަ ކަމަށެވެ.

އެހެންވެ ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު އެ ދުވަސްވަރު ނުބާއްވަން ހަމަޖެއްސީ ކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: