ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާބިރުގެ ރާގު ބަދަލުވެއްޖެ: “އިމްރާންއަކީ ތާރީހު ދުށް އެންމެ ގާބިލް ހޯމް މިނިސްޓަރު”

ލާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ ރާއްޖޭގެ ތާރީހުން ފެނުނު އެންމެ ގާބިލް ހޯމް މިނިސްޓަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

މީގެ ކުރީ ސަރުކާރުގައި ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރަސް އެޅި ފަދަ އިން މި ސަރުކާރުން ވެސް އެ މިނިވަން ކަމަށް ހުރަސް އަޅުއްވާ ކަމަށް ވިދާޅުވެ، ޖާބިރު މީގެކުރިން ވަނީ އިމްރާނަށާއި މި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

އެކަމަކު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ބަހުސް ކުރައްވަމުން ޖާބިރު މިއަދު ވިދާޅުވީ އިމްރާން އިސްވެ ހުންނަވާ ކުރައްވާ މަސައްކަތުގައި މި ހައްގުތައް ކަށަވަރުކޮށް ދެއްވާ ކަމަށެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ, އިމްރާން ފަދަ މަސައްކަތް ރަނގަޅު މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް މަޖިލިހަށް ހުށަހެޅުމުން ވަރަށް ކަންބޮޑުވެވަޑައިގެންނެވި ކަމަށެވެ.

“އިމްރާން ދާހިލީ ވުޒާރާ ހިންގަވަމުން ގެންދަވަނީ ވަރަށް ރަނގަޅަށް، އެ ވުޒާރާގައި ނެތް އެއްވެސް ގޯހެއް، ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ހޯމް މިނިސްޓްރީ އުފެއްދި ސަބަބަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ރައްޔިތުންނަށް ހިމާޔަތް ދިނުން ކަމަށާއި, އެ ކަންކަން މިހާރު ބެލެމުންދާ އިރު މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: