ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާލުދެރަވި މަސްވެރިއަކަށް އެމްއެންޑީއެފް އިން އެހީތެރިވަނީ

ކޯސްޓްގާޑުގެ ލޯންޗެއް... ފޮޓޯ:އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ހާލު ދެރެވެގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މ.މުލީ 12 ނޯޓިކަލް މޭލު ބޭރުގައި ގެލެކްސީ-2 ދޯނީގައިހުރި 57 އަހަރުގެ ދިވެހި ފަޅުވެރިއަކަށް ކުއްލި ސިއްޚީ މައްސަލައެއް ދިމާވެގެން އަވަސް ފަރުވާއަށް މ. ރީޖަނަލް ހޮސްޕިޓަލަސް ގެންދިއުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޯސްޓްގާޑުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 7:10 ހާއިރުގައެވެ.

މަސްވެރިއާއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުންދާއިރު، އޭނާއަށް ދިމާވެފައިވަނީ ކޮންކަހަލަ ސިއްޚީ މައްސަލައެއްކަމަށް އަދި ނޭގެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: