ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށިން ޕޮޒިޓިވްވި ހުރިހާ ފަތުރުވެރިން ރަނގަޅުވެއްޖެ

ސަފާރީތައް ނަގަން މާފުށިން ނެރުނު ނޯޓިސް ބާތިލުކުރަން އެލްޖީއޭއިން އަންގައިފި - ފޮޓޯ: ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

ކ.މާފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހުރިހާ ފަތުރުވެރިން ރަނގަޅުވެއްޖެއެވެ.

މާފުށި ސިއްހީ މަރުކަޒުން ބުނީ މާފުށިން ކޮވިޑް-19 އަށް ޕޮސިޓިވްވި ހުރިހާ ފަތުރުވެރިން ބަލިން ރަނގަޅުވުމާއި ގުޅިގެން މިއަދު ވަނީ ދޫކޮށްލާފައި ކަމަށެވެ.

މާފުށިން ކޮވިޑް 19 އަށް ޕޮޒްޓިވްވެފައިވަނީ ޖުމްލަ ފަސް ފަތުރުވެރިންނެވެ.

މާފުށިން 5 ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

ފަސް ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ނެގުނު 85 ރެންޑަމް ސާމްޕަލް ވެސް ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: