ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ރައީސް ޔާމީންގެ ބޮލުގައި އިލްޒާމް އަޅުވަން އުޅުނަސް ރައްޔިތުންނަށް އިތުރަށް އޮޅުވައެއް ނުލެވޭނެ”

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ދަރުވާލާފައި ރައީސް އަބްދުﷲ ޔާމީންގެ ބޮލުގައި އިލްޒާމް އަޅުވަން އުޅުނަސް ރައްޔިތުންނަށް އިތުރަށް އޮޅުވައެއް ނުލެވޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަތަކާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ މިޤައުމުގައި ލެއްވިހާ ސިޔާސީ ލަޑަރުންކަމަށް ވަކާލާތު ކުރައްވާ ބޭފުޅުންނާއި، މަޖިލީހުގެ 65 ގޮޑިއާއިއެކު ޤައުމު ހިންގަން ރައްޔިތުން ހަވާލުކުރެއްވީ ވަރަށް ފޮނި އުންމީދުތަކެއްގައި ކަމަށެވެ.

ނަމަވެސް މިއަދު ފެނިގެން ދަނީ ނާއުންމީދާއި، މާޔޫސްވާފަދަ މަންޒަރު ތަކެއް ކަމަށާއި ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދި ރައްޔިތުންގެ ތާއީދު ގެއްލޭ ހިސާބަށް ދިއުމުން މިއަދު އަނެއްކާވެސް ރައީސް ޔާމީންގެ ނަންފުުޅު މިސަރުކާރުން ކުރިއަށް ނެރެފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ހއ. ހޯރަފުށި އެއާޕޯޓު ހުޅުވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު އިއްޔެ ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުގައި ވިއްކާފައި އޮތް 85 ރަށް އެބައޮތް ކަމަށާއި އެ ރަށްތަކުން ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ނުއަގުގައި ރަށްތައް ދޫކޮށްފައިވާ ކަމަށާއި އެކަމުން ލިބުނު ފައިސާ ހިއްޕަވައިގެން ޔާމީން ވަޑައިގެންނެވީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: