ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަންޏާއި ދަރަންޏަކީ ކޯއްޗެއްކަން ރައީސަށް އޮޅުން ނުފިލާ: އަދުރޭ

އަބްދުއްރަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްކެވި ވާހަކަފުޅުން އެމަނިކުފާނަށް އަރަންޏާ ދަރަންޏާ ރިޒާވަކީ ކޯއްޗެއްކަން އޮޅުން ނުފިލާކަން ހާމަވެގެން ގޮސްފައިވަކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙުގެ މިއަދުގެ ވާހަކައިން ކަށަވަރުވީ ކަމަކީ އެމަނިކުފާނަށް ވާނުވާ ނޭނގޭކަން ކަމަށާއި އަދި އަރަންޏާ ދަރަންޏާއި، ރިޒާވަކީ ކޯއްޗެއްކަން އޮޅުން ނުފިލާކަން ކަމަށެވެ.

“ގޮތް ހުސްވެ ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން ތުރުތުރު އަޅާކަން. ރައްޔިތުންގެ ކުރިމަތީ ކިތަންމެ ބޮޑު ދޮގެއް ހަދަންވެސް ޖެހިލުން ނުވާކަން” އަދުރޭ ވިދާޅުވިއެވެ.

ހއ. ހޯރަފުށި އެއާޕޯޓު ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑު ކަމަށާއި އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނި ހުރީ 26 ބިލިއަން ރުފިޔާގައި ކަމަށްވާއިރު ވެރިކަން ނިމުނުއިރު ދަރަނި ހުރީ 60 ބިލިއަން ރުފިޔާގައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫނެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހަތަރު ބިލިއަން ރުފިޔާ ޖަހާފައި އޮތީ ކުރީގެ ސަރުކާރުތަކުން ނެގި ދަރަނިތައް ދެއްކުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ދަރަނިތައް މި ސަރުކާރަށް ވާރުތަވިއިރު ދައުލަތުގެ ރިޒާވުގައި ފައިސާ ނެތް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: