ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީއަކީ މޮޑޭ ފުށްގަނޑަކަށް ވުމުން އެކުރިއަރާ ދަނީ ޑިމޮކްރަސީއެއް ނޫން: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަން ސާވިސް ކޮމިޝަން(ޖޭއެސްސީ) އަކީ މޮޑޭ ފުށްގަނޑަކަށް ވުމުން އެކުރިއަރާ ދަނީ ޑިމޮކްރަސީ އެއްނޫން ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕިއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޝިޔާމް ވިދާޅުވީ ރާއްޖޭގައި މިއަދު އަދުލު އިންސާފެއް ނެތް ކަމަށާއި އެގޮތުން ޖޭއެސްސީގައި އިންނަވައިގެން ނަޝީދު ބޭނުންވާ ގޮތަކަށް ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޝިޔާމްގެ ވާހަކަތަކާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުޑީޝަރީއަށް ސަރުކާރުން ފޯރުވާ ނުފޫޒު ވަރަށް ސާފު ކަމަށާއި ޖޭއެސްސީ އަކީ މޮޑޭ ފުށްގަނޑަކަށް ވުމުން އެކުރިއަރާ ދަނީ ޑޮމޮކްރަސީ ކަމަށް ވާކާލާތު ނުކުރެވޭނެ ކަމަށެވެ.

ޝިޔާމް އިއްޔެ ވިދާޅުވީ އެއްވެސް ގާނޫނަކަށް ބެލުމެއް ނެތި މިއަދު މީހުންގެ އެކައުންޓްތައް ވެސް ފްރީޒު ކުރަމުންދާ ކަމަށާއި މިއީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ. ސިޔާމް އެ އިޝާރާތް ކުރެއްވީ އޭނާގެ ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ނެރުނު އަމުރަށެވެ.

ސިވިލް ކޯޓުން އެ އަމުރު ނެރުނީ ސަން ޓްރެވަލްސްއާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް ކުންފުނިިން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

މި ވާހަކަ ސިޔާމް ދައްކަވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް، ނަޝީދު ވަނީ މަޖިލީހުގައި އަމިއްލަ ވިޔަފާރީގެ ވާހަކަ ނުދެއްކެވޭނެ ކަމަށާއި އެއީ މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް ސިޔާމް ވަނީ ހުއްޓާނުލައި އެ ވާހަކަ ކުރިއަށްގެންދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: