ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރި އިސްތިހާރު ކުރާ ވަސީލަތަކަށް ތިޔަ ވާނާތަށް ހެދުމަކީ ތިޔަ ކަބަލުންގެ ހައްގުހެއްޔެެވެ.

ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

އަންހެނުން ހައްގުތަކުގެ ވާހަކައެވެ. އަދުގެ މުޖުތަމައުއަށް ބަލާލުމުން އަންހެނުންގެ ހައްގުތަކާއިމެދު ކަބަލުން ދެކޭގޮތް މުޅިން ބަދަލުވެއްޖެއެވެ.

ކުރުކޮށް ހެދުންލައިގެން ވަނާތަށް ފާޅުވާނޭހެން އުޅުމުގެ ފުރުސަތު ލިބުމަކީ އަންހެނުންގެ މިނިވަންކަމޭ ހައްގުތަކޭ ބުނާމީހުން ވަރަށް ގިނައެވެ. ނަތީޖާއެއްގެ ގޮތުން މޮޑެލުންގެ ނަމުގައި ސޯސަލް މީޑިއާގައި ޖިސްމު ނީލަން ކިޔަމުންދާ ފަރާތްތަކަކީ ބޮޑެތި ވިޔަފާރި ތަކުގެ ބުރޭންޑްއެމްބަސަޑަރުންގެ ގޮތުގައި ހަދައިފިއެވެ. އަދި ބޮޑެތި ޓީވީ ސޯތަކަށް އެވެރިން އަރުވައި އެވެރިންގެ ހަޔާތަކީ ދިވެހިންނަށް ނަމޫނާއެއްކަމުގައި ދައްކަން ފަށައިފިއެވެ. އަދި މިކަންކަމަކީ އަންހެނުންގެ ހައްގުތަކުގެ ގޮތުގައި އެވެރިން ދެކެއެވެ.

ފަހަރުގައި މިވާހަކަދެއްކުމުން ގިނަބަޔަކު ހިތްހަމަ ނުޖެހިދާނެއެވެ. މިހެންނބުނާ މީހާ ގޯސްވެ ސަފުން ބާކީވެދާނެއެވެ. އެހެންނަމަވެސް ފަރުވާލެއްނެތެވެ.

ބުނެބަލާށެވެ. އޮރިޔާންވުމަކީ ތިޔަ ކަނބަލުންގެ ހައްޤުހެއްޔެވެ؟ ފިހާރަތަކުގެ ޑިސްޕްލޭގައި ބެހެއްޓިފައިވާ ބުދުތަކެއްހެން ބާޒާރަށް ނިކުންނަ ކޮންމެ ހެދުމެއް ތިޔަ ހަށިގަނޑަށް މެހުމަކީ ހައްޤުހެއްޔެވެ؟  ވިޔަފާރި އިސްތިހާރު ކުރުމަށް ބޭނުން ކުރެވޭ ވަސީލަތްތަކަށް ތިޔަ ވަނާތައް ހެދުމަކީ ތިޔަ ކަނބަލުންގެ ހައްޤުހެއްޔެވެ؟ އަދިއަންހެނަކާ ހިތާވެ އަންހެނަކާއި ކައިވެނިކުރުމަކީ ތިޔަ ކަނބަލުންނަށް ލިބެންޖެހޭ ހައްޤުހެއްޔެވެ؟ ލަދާއި ހަޔާތް ދޫކޮށް ހިތުހުރި އުޅުމެއް އުޅުމަކީ ތިޔަ ކަނބަލުންގެ ހައްޤުހެއްޔެވެ؟ ޢިއްފަތާއި ޢިއްޒަތުގެ ވެރި އަންހެނުން ޖެންޑާ އީކުއަލިޓީއޭ، އަންހެނުންގެ ހައްގުތަކޭ ގޮވަމުން ގަދަވެފަ މޭދިއްކޮށް ނިކުތުމަކީ ތިޔަ ކަނބަލުންގެ ދަރަޖަހެއްޔެވެ؟

ނޫނެކެވެ. އިސްލާމް ދީނުގައި ތިޔަކަނބަލުންނަށް ދީފައިވާ ޢިއްޒަތަކީ ވަރަށް މަތިވެރި ޢިއްޒަތެކެވެ.

ދީނީ ތަރަހައިގެ ބޭރުން ޝައިތާނީ މަޅީގައި ބުއްދިވާވައްދާލައިގެން ހޯދައިދޭން އެއުޅޭ ހައްޤުތައް ކަމަނާއަށް ނުލިބި އެވަނީ ކަމަނާއަށް އެއީ ހައްޤަކަށް ނުވާތީއެވެ.

ކަނބަލުންގެ ހައްޤުތައް ހޯދަދޭންކަމަށްބުނެ ބަޔަކު މިއަދު ތިޔަ ކަނބަލުން އިއްޒަތްކުރި ދީނަށް އެކުރަނީ ފުރައްސާރައެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: