ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

6 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ހަ ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަ ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ބިން ހިއްކުމުގެ މަޝްރޫއު ހިންގަން ހަވާލު ކުރެވުނު ރަށްތަކަކީ ރ. ދުވާފަރާއި، ހއ. އިހަވަންދޫ އާއި، އއ. އުކުޅަހާއި ތ. ހިރިލަންދޫ، ގއ. ދާންދޫ އަދި މ. ދިއްގަރެވެ.

ދުވާފަރުން 22.2 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަވާލުކޮށްފައިވާއިރު، 143 މިލިއަން ރުފިޔާގެ މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 445 ދުވަހުންނެވެ.

ދާންދޫގައި ހިންގުމަށް ގަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫޢުގައި އެރަށުން 25 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށްވަނީ ހަމަޖެހިފައެވެ. 186މިލިއަން ރުފިޔާގެ މަޝްރޫޢުގެ މަސައްކަތް 350 ދުވަސްތެރޭ ނިންމާނެއެވެ.

ދެން ހިމެނޭ 4 ރަށުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ ބިން ހިއްކުމާއި، ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތާވެސް އެކުގައެވެ.

އެގޮތުން އިހަވަންދޫން 25 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުންވެސް ހިމެނޭގެން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް އެއް އަހަރު ދުވަހުން ނިންމަން ހަވާލުކޮށްފައިވަނީ 123 މިލިއަން ރުފިޔާއަށެވެ.

އުކުޅަހުގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްޜޫއުގެ ތެެރެއިން އެރަށު ފަޅުން 10 ހެކްޓަރުގެ ސަރަޙައްދެއް ހިއްކާނެއެވެ. 71 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް 235 ދުވަހުގެތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ހިރިލަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގައި އެރަށުން 20 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި މަސައްކަތް 105 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 285 ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށެވެ.

މި މަސައްކަތުގައި ދެން ހިމެނެނީ ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތެވެ. ދިއްގަރު ފަޅުން 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަވާލުކޮށްފައެވެ. 121މިލިއަން ރުފިޔާގެ މަސައްކަތް 450 ދުވަސްތެރޭ ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: