ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ގޮވާލައި ޖާބިރުގެ ކުއްލި މައްސަލައެއް މަޖިލީހަށް

ލާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަން ނިންމައިފިއެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މިދިޔަ ސަރުކާރުން “ހިޔާ” މަޝްރޫއުގެ ދަށުން ހަދާފައިވާ 7000 ފްލެޓުގެ ތެރެއިން އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީން ކުރީ ސަރުކާރުން ދޭން ނިންމާފައިވާ 500 ފްލެޓުގެ ތެރެއިން 77 ފްލެޓް އުނިކޮށް މި ސަރުކާރުން މިމަހުގެ ހަތަރުވަނަ ދުވަހު ގެޒެޓްކުރި ލިސްޓާ ގުޅިގެން އެތަކެއް ރައްޔިތުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އަދި ބޯހިޔާވަހިކަމަކީ މާލޭގައި ދިރިއުޅެމުން އަންނަ ހުރިހާ ރައްޔިތުންގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށާއި މި ސަރުކާރުން އެކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ވައުދުވެ، މިފަދަ ދޯހަޅި ގޮތަކަށް ކަންކަން ވެގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެހެން ކެޓަގަރީތަކުގެ ކަންކަންވެސް މިހެން ދިޔަކަމުގެ ޝަކުވާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ބޯހިޔާވަހިކަމަށް އެދެވޭ ހައްލަކަށް ވާނީ އެހެން ރަށްރަށުންވެސް ގޯތި ދޭ އުސޫލުން މާލޭ ރައްޔިތުންނަށްވެސް ހިލޭ ގޯތި ލިބުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެހެންކަމުން ވަގުތު ސަލާމަތްކުރުމަށްޓަކައި ވަގުތުން ވަގުތަށް މިކަންކަން ހަމަޖެއްސުމަށް ޖާބިރު ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: