ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުނގޫފާރުގެ މޮނިޓަރިން ހާލަތު އުވާލައިފި

ރ.ހުޅުދުއްފާރު. ފޮޓޯ: އުނގޫފާރުޑޮޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރ.އުނގޫފާރުގައި އިއުލާންކުރި މޮނީޓަރިންގެ ހާލަތު  އުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން  އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

އެ ރަށް މޮނީޓަރިން ހާލަތަށް ގެނައީ އެ ރަށުން ރެންޑަމްކޮށް ނެގި ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ނަމަވެސް ދެވަނަ ޓެސްޓެއް ހެދުމުން އެ ސާމްޕަލް ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: