ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމް.އެން.ޑީ.އެފް.ގެ “ރޭންޖް ޑޭ 2020” ރައީސް ބައްލަވާލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު ގިރިފުށީ ޓްރޭނިންގ ސެންޓަރަށް ވަޑައިގެން އެ ތަނުގައި ކުރިއަށްދިޔަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ސީނިއަރ އޮފިސަރުންގެ “ރޭންޖް ޑޭ 2020” ބައްލަވާލައްވައިފިއެވެ.

އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގިރިފުށްޓަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުލް ރަޙީމް ޢަބްދުލް ލަތީފު އެވެ. އަދި އަރިހުގައި އެމް.އެން.ޑީ.އެފް.ގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ގިރިފުށީ ޓްރޭނިންގ ސެންޓަރު އަލުން ހުޅުވިގެން މި ދިޔައީ ގިރިފުށީގެ ބަޑިޖަހާ ރޭންޖްގެ ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަކުރުމަށްފަހުއެވެ. އަދި، އެ މަރުކަޒުގައި އިތުރަށް ފުރިހަމަކޮށްފައިވާ ކަންތައްތަކުގެ ތަފްޞީލު އެމް.އެން.ޑީ.އެފް އިން ވަނީ ޕްރެޒެންޓޭޝަނަކާއެކު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކޮށްފައެވެ.

ހަމަ އެއާއެކު، މިއަދުގެ މި ހަރާތުގައި ގިރިފުށި ރޭންޖުގައި ބޭނުންކުރާ ހަތިޔާރުތައް ވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދައްކާލާފައެވެ. އަދި އެމް.އެން.ޑީ.އެފްގެ ވެޕަންސް އިންސްޓްރަކްޓަރއެއް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަތިޔާރުތަކާ ގުޅޭ މަޢުލޫމާތު ވެސް އަރުވާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހުރިއްޔާ ވަނީ ފަޔަރ ޓާރގެޓްތައް ބައްލަވާލައްވާފައެވެ.

އެމް.އެން.ޑީ.އެފް އިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ރޭންޖް ޑޭ އަކީ ސިފައިންގެ އޮފިސަރުން ބައިވެރިވާ ހަރަކާތެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: