ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން ޕީޖީގެ ނިންމުން ރިވިއު ކުރަން ލަފާ ދޭން ކޮމިޓީން ނިންމައިފި

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ:_ ފޮޓޯ: މަޖލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގި ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވާފައި ވަނިކޮށް އެ އޮފީހުން އެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމި ނިންމުން މުރާޖައާ ކުރުމަށް އެ އޮފީހަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

މި މައްސަލާގައި ދައުވާ ނުކުރަން ޕީޖީ އިން ނިންމީ  ދައުވާ އުފުލައި މައްސަލަ ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެއެވެ.

މި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އިން އެ ގޮތަށް ނިންމި ސަބަބު ސާފު ކުރުމަށް ޕީޖީ ހުސައިން ޝަމީމް މިދިޔަ ބުދަ ދުވަހުގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވެސް ހާޒިރުކުރިއެވެ. އެ ބައްދަލުވުން ކުރިއަށް ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ޕީޖީގެ ނިންމުން ރިވިއު ކުރުމަށް ޖުޑިޝަރީ ކޮމިޓީ އިން ފާސްކުރި އިރު މި މައްސަލައާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން އެ ކޮމިޓީއަކާ ގުޅުން ހުރި ދާއިރާއަކުން މައްސަލަ ދިރާސާކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: