ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަށް އައުމަށްޓަކައި ކުރި ވައުދުތަކުގެ ދަންތޫރާގައި ސަރުކާރު ފިތިއްޖެ: ސައީދު

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރު ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަށް އައުމަށްޓަކައި ކުރި ވައުދުތަކުގެ ދަންތޫރާގައި ސަރުކާރު ފިތިއްޖެކަމަށް ޕީއެންސީގެ ނައިބްރައީސް އަަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

“ބްރިޖު ހުޅުވުން އިންޑިޔާއިން ކުރީ ބޯއިކޮޓް!” މިސުރުހީގެ ދަށުން ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމެއްގެ ފޮޓޯއެއް ހިއްސާކުރައްވާ ސައީދު ވިދާޅުވީ، އިންޓަނޭޝަނަލް ޕަވަރ ޕޮލިޓިކްސްގެ ތެރެއަށް ރާއްޖެ ވައްޓާލީ މިސަރުކާރުގެ ބޮޑުންނާއި ސަރުކާރަށް ވާގިވެރިވާ ފަރާތްތަކުން ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އޮތް ހުރަހަކީ ރާއްޖެ ވަށައިގެން އޮތް ކަނޑަށް ނުރައްކާވުން ކަމަށާއި އެކަން އެގޮތަށް ނުކުރެއްވުމަށް ސައީދު ވަނީ ގޮވާލައްވާފައެވެ.

ބްރިޖު ހުޅުވުމަށް ބެއްވި ރަސްމިއްޔާތުގައި ރާއްޖެއާ ގާތް ގުޅުން ބާއްވަމުންދާ ގިނަ ގައުމުތަކަކުން ބައިވެރިވިއިރު، އެރަސްމިއްޔާތުގައި އިންޑިޔާއިން ބައިވެރިވުމަށް ދައުވަތު ދިންނަމަވެސް، އެދައުވަތު އިންޑިޔާއިން ގަބޫލުކޮށްފައެއްނުވެއެވެ. އެހެންނަމަވެސް، ރައީސްުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތްފަހުން ރާއްޖެ އެންމެ ގާތް ގުޅުމެއް ބާއްވަމުންދާތަން ފެންނަނީ އިންޑިޔާއާއެކުއެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ބޭއްވި ގާތް ގުޅުމަށް ފާޑުވިދާޅުވެ، ޗައިނާއިން ދޫކޮށްފައިވާ ލޯނުތަކަކީ ދަރަނި ދަންތޫރަތަކެއްކަމަށް އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއިން ބޮޑެތި އެހީތަކެއްވެ، ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާއިރު، ދާދި ފަހުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގެން ޗައިނާގެ ސިޔާސަތުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޗައިނާގެ ވެރިކަން ކުރާ ޕާޓީ ޗައިނީޒް ކޮމިޔުނިސްޓް ޕާޓީގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ، ޗައިނާއިން މަސައްކަތްކުރަމުންދަނީ ކުދި ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަަށް އަރައިގަތުމަށްކަމަށް ވަނީ ވިދާޅުވެފައެވެ.

މިވާހަކަތަކާއި ގުޅިގެން ޕޮމްޕެއޯއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާަޒުވަމުންދާއިރު، ބޭރު ގައުމެއްގެ އިސްވެރިއަކަށް ރާއްޖޭގައި ހުރެ، ރާއްޖެއަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ގައުމަކަށް ފާޑުކިޔޭނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ. މީގެ އިތުރަށްވެސް ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުމާއި ގުޅިގެން ކުރިއަށްގެންދިޔަ ކަންކަަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ނޫސްވެރިންނާއި އާންމުންވެސް އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ހަނިކޮށްފައި އޮތުމާއި މުޅި ދުވަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެންމެ އިސް ބޭފުޅެއް ގޮތުގައި ހަރަކާތްތެރިވުމާއި ގުޅިގެން އެއީ މިނިސްޓަރ ޝާހިދުގެ ޕްރޮމޯޝަނަލް ހަރަކާތެއްތޯ ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: