ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި މަންޒިލެއްކަމަށް ސްވިޓްޒަލެންޑުން ކަނޑައަޅައިފި

ރާއްޖޭގެ ރިސޯޓެއްގެ ފާލަންމަތީގައި ފަތުވެރިންތަކެއް ފުރަން ތައްޔާރުވެގެން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ސްވިޒަލޭންޑުން ކަނޑައަޅައިފިއެވެ.

ސްވިޒަލޭންޑުގެ ފެޑްރަލް އޮފީސް އޮފް ޕަބްލިކް ހެލްތުން އެންމެ ފަހުން ނެރެފައިވާ “ރިސްކު ކަންޓްރީސް ލިސްޓު”ން ރާއްޖޭގެ ނަން ވަނީ އުނިކޮށްފައެވެ.

އެއާއެކު ރާއްޖޭގައި ތިބެފައި އެނބުރި ގައުމަށް ގޮސް އައިސޮލޭޝަނަށް ދާކަށް ނުޖެހޭނެއެވެ. މި ނިންމުމަށް އަމަލުކުރާނީ މިއަދުން ފެށިގެންނެވެ.

ސްވިޒަރލޭންޑަކީ މިއަހަރު ރާއްޖެއަށް 10 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެގައުމުން ވަނީ 3،036 ފަތުރުވެރިން އައިސްފައެވެ.

ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަމަށް ސްވިޓްޒަލެންޑުން ކަނޑައަޅާފައިވާއިރު އެޤައުމުގެ އެޑެލްވެއިސް އެއަލައިންއިން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ސްވިޓްޒަލެންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައްވެސް ފަށާފައެވެ. އެ އެއާލައިނުން ދަނީ ހަފުތާއަކު 2 ފްލައިޓް ރާއްޖެއަށް އޮޕަރޭޓްކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: