ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް މިއަހަރުގެ މިހާތަނަށް 11 ބިލިއަން ރުފިޔާގެ އާމްދަނީއެއް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ދައުލަތަށް 11 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީ އިން  އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ 77 ޕަސެންޓު ލިބިފައި ވަނީ ޓެކުހުންނެވެ. އެހެނިހެން ގޮތްގޮތަށް ލިިބިފައިވަނީ 23 ޕަސެންޓުގެ އާމްދަނީއެވެ.

ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ 8.4 ބިލިއަން ރުފިޔާ އަށް އަރައެވެ. އަދި ޓެކްސް ރެވެނިއުގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ތަފާތު އެކި ޖޫރިމަނާތަކުން ދައުލަތަށް 107 މިލިއަން ރުފިޔާ ލިބިފައިވާއިރު ދައުލަތުން ހަރަދުގެ ގޮތުގައި 20 ބިލިއަން ވަނީ ހަރަދު ކޮށްފައެވެ.

އަދި މީގެ އިތުރުން މުސާރަ އާއި އިނާޔަތްތައް ދިނުމަށް 7.6 ބިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ހަރަދު ކޮށްފައިވާއިރު ލޯނު ދެއްކުމަށް 793.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: