ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކާއި ބެހުނު ދޮންބައްޕަ 15 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމް ކޮށްފި

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް ބެހުނު ދޮންބައްޕައެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 15 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

އެގޮތުން ކުޑަކުއްޖަކާއި ބެހުނު ކުށް ސާބިތުވެ 15 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމް ކޮށްފައި ވަނީ  ދ.ކުޑަހުވަދޫ، ފައިވްސްޓަރ / އިބްރާހީމް ޝުޖާޢުގެ މައްޗަށެވެ.

ހައިކޯޓުން ކުރި ހުކުމަކީ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން 2017 ވަނަ އަހަރު ކޮށްފައިވާ ހުކުމް ބާތިލްކޮށް ކޮށްފައިވާ ހުކުމެކެވެ.

އެގޮތުން ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ  ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމަކީ ބާޠިލު ޙުކުމެއް ކަމަށް ކަނޑައަޅައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫ ނުގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން ދ.ކުޑަހުވަދޫ، ފައިވްސްޓަރ / އިބްރާހީމް ޝުޖާޢުގެ މައްޗަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގައި، ޕްރޮސިކިއުޓަޖެނެރަލް ކޮށްފައިވާ ދަޢުވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން ނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން ދ.ކުޑަހުވަދޫ، ފައިވްސްޓަރ / އިބްރާހީމް ޝުޖާޢު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުން ގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްފި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: