ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު އިމްރާންގެ އަބުރުކަތިލަން މަސައްކަތް ކުރާ ބަޔަކު ހޯދައި ފިޔަވަޅުއެޅުމަށް އިޔާޒް ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަބުރުކަތިލަން މަސައްކަތް ކުރާ ބަޔަކު ހޯދައި ފިޔަވަޅުއެޅުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ގޮވާލައިފިއެވެ.

އިޔާޒް މިހެން ވިދާޅުވީ އިމްރާން ވިދާޅުވި ވާހަކަތަކެއް ކަމަށް ދޭހަވާގޮތަށް ތައްޔާރުކޮށް “ޖަޒިރާ” ނޫހުގެ ނަމުގައި ދައުރުކުރާ ފޭކް ޕޯސްޓަރަކަށް އިޝާރާތް ކުރައްވައެވެ.

އެ ޕޯސްޓަރުގައި އިމްރާން ވިދާޅުވި ކަމަށް ލިޔެފައިވަނީ “އަންހެނެއްގެ އުރަމަތީގައި ހިފާލުކަމީ އެއީ ބޮޑުކަމެއް ނޫން، މި ދެންނެވެނީ އެއީ ރޭޕެއް ނޫން.” މިހެންނެވެ.

މިކަމާ ގުޅިގެން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު އިމްރާންގެ އަބުރު ކަތިލާ ސިޔާސީ ނާޖާއިޒް ނުފޫޒު ބޭނުންކޮށްގެނ ނޫސްތަކުގެ ނަމުގައި ފޭކް ހަބަރު ހަދައިގެން ގެނެސްދޭ ބަޔަކު ހޯދައި ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭކަމަށެވެ.

މިއަހަރު ޖޫން މަހު ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާ ގުޅިގެން އިމްރާން ރޭ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާ އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އެގޮތުން އެ ޕްރޮގްރާމުގައި އިމްރާން ވަނީ އެ ހާދިސާ އަކީ “އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް” ކަމަށް ވިދާޅުވެފައެވެ. އަދި އެއީ “ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް” ކަމަށްވެސް އިމްރާން ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދިވެހިފޮތެއްގައި ޢިލްމުވެރިޔަކު ލިއުއްވާފައިވަނީ ގެއްލިއްޖެ އަބުރަކީ އަލުން އަނބުރާ ލިބޭނެ އެއްޗެއް ނޫންކަމަށް! އެމީހާގެ އަބުރާ އެމީހާގެ ތެދުބަސް ހިފަހައްޓަންޖެހޭނީ އެމީހާ އަމިއްލަފުޅަށް. ތިމާގެ ނަފުސު ތިމާޔަށް ތޯހިރުކަންމަތީ ހުރުމަކީ ތިމާގެ ޒިއްމާއެއް! އެކަމަށް ބަޔަކުމެންކުރާނެ ނޯންނާނެ! ޢިލްމުވެރީންގެ ދުލުން ފަތުވާތަކުން އަހަރުމެން ނޭއްގާނީމީހުންނަށް އިއްވަނީ މުސްލިމަކާ ދިމާލަށް ކާފަރެކޭ ލާދިނީމީހެކޭ ނުބުނެވޭނެޔޯ! އެކަމަކު ހިތާމަޔަކީ އެއަޑު މިއިވެނީ ދީނީ ޢިލްމުވެރިޔާގެ ފަރާތުން އޮޕަން ފޯރަމްތެރޭ އޮންނަ އެއްވުންތަކުން. ތިބޭކަލުން އަހަރުމެންނަށް އިއްވާހާ ވާހަކަތައް ތިމާގެ ގުނަވަންތަކުން ތިމާކުރި ނުބައި ޢަމަލުތަކުގެ ހެކިދޭނެވާހަކަ! މިއަދު މިރާއްޖޭގައި މިއަދު މިއޮތީ ދީނީ ޢިލްމުވެރީންގެ ތެރެއިން ބަޔަކު ކަނޑައެޅި އެނގޭޙަލުގައި ބުހުތާން ދޮގުވެސް އަމިއްލަ މަންފާއަށްޓަކައި ހަދަންވީ! އެއްފޮތަކުން އުނގެނި ތިއްބަވައިގެން ކުރައްވާކަންތަކުގެ ވާހަކަ މިދެއްކެނީ. މަނިކުފާނުވެސް ލިބިފައި އޮތްޤަދަރާއި ޢިއްޒަތް ހިމާޔަތްކުރައްވައިގެން ކިލަނބު ނުކުރައްވަވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: