ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިހާނާއި އަދުރޭގެ އެމްއެމްޕީއާރުސީ، ފްލެޓު އަދި ގަޑީގެ މައްސަލައެއް!

ނިހާނާއި އަދުރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސެޓް ރިކަވަރީ ކޮމިޝަންގެ ތަހުގީގަށް ޕީއެންސީގެ ރައީސް އަދި ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމާއި އަރިސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އަހުމަދު ނިހާން ހުސެއިން މަނިކު ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާން ހާޒިރުކޮށްފައިވަނީ ކުރީ ސަރުކާރުގައި ހިންގާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި، ނިހާން ގެންގުޅުއްވާ އަގުބޮޑު ގަޑިތަކުގެ އަދި ފްލެޓް ތަކުގެ މައްސަލާގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާން ކޮމިޝަންގެ ތަހުގީގަށް ހާޒިރުކޮށްފައިވަނީ ބުރާސްފަތި ދުުވަހުއެވެ. ނިހާނާއެކު ނިޙާންގެ އާއިލާ ބައެއް މެމްބަރުންވެސް ވަނީ ހާޒިރުކޮށްފައެވެ. އެދުވަހު ނިހާން ވަޑައިގެންނެވީ ވަކީލަކާ ނުލައެވެ. އެހެންކަމުން ވަކީލަކާއެކު ތަހުގީގު ކުރިއަށް ގެންދިޔުމަށް އެދިވަޑައިގަތުމުން އެހެންދުވަހަކަށް ކޮމިޝަނުން ނިހާންގެ ތަހުގީގުގެ އަޑުއެހުން އެހެން ދުވަހަކަށް ވަނީ ފަސްކޮށްފައެވެ.

ޚިޔާނާތުގެ ފައިސާ ނިމިދިޔަ މަޖިލީހުގެ މެމްބަރުންނަށް ލިބިފައިވާކަމަށް ތުހުމަތުކުރެވޭއިރު، ނިހާނަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރެވެ. އަދި އޭރު ސިޔާސީ މައިދާނުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި ބޭފުޅެކެވެ. އެހެންނަމަވެސް، ހުސްވި އަހަރުގެ ތެރޭގައި ޖުމްހޫރީ ޕާޓީއަށް ވަޑައިގެންނެވުމަށްފަހު، މިހާރު ސިޔާސީ މައިދާންތަކުންނާއި ސިޔާސީ ވާހަކަތައް މާގިނައިން ދައްކަވާތަން ނުފެނެއެވެ.

އެމްއެމްޕިއާރުސީގެ މައްސަލާގައި އެންމެ އިސްކޮށް ހުންނެވި ނުވަތަ މިހާތަނަށް އުފުލާފައިވާ ދައުވާތައް ސާބިތުވެފައިވާ ބޭފުޅުންގެ ތެރެއިން ކުރީގެ ޓުއަރިޒްމް މިނިސްޓަރ އަދި ކުރީގެ ނާއިބްރާއިސް އަހުމަދު އަދީބު އަބްދުއްޣަފުރު ވަނީ ދައުލަތަށް އެއްބާރުލުން ދެއްވުމަށް އެއްބަސްވުމަކަށް އައިސް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދީބު ވިދާޅުވި ގޮތުގައި، ޚިޔާނާތުގެ ފައިސާ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށް ވަނީ ލިބިފައެވެ. އަދި ޖުޑިޝަރީ ދާއިރާއަށާއި ބައެއް އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށްވެސް އެފައިސާ ވަނީ ލިބިފައެވެ.

ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި މިހާރު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ މައްސަލާގައެވެ. އަބްދުއްރަހީމަށް ގިނަ ތުހުމަތުތަކެއް ކުރެވެމުންދާއިރު އެތުހުމަތުތަކަަށް އަބްދުއްރަހީމް އިންކާރުކުރައްވައެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މީޑިޔާތަކަށް ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާލިބުނުކަމަށް ބަލެވޭ 300 މީހުންގެ ލިސްޓެއް ވަނީ އެކުލަވާލާފައެވެ. އަދި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގުގެ ކުރިތައް ފަޅައި އިތުރު މީހުންގެ ނަންތައް މިލިސްޓަަށް އިތުރުވަމުންދާނެކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، އެސެޓް ރިކަވަރީ ކޮމިޝަންގެ ތަހުގީގުގެ ރިޕޯޓެއް މިއަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ވަނީ ފޮނުވާފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް ލަސްކަމަށް ބުނެ އޭސިސީ އާއި ޕީޖީއާއެކު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ހާޒިރުކޮށްފައެވެ. މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެދުވަހު ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ، ކޮމިޝަންގެ ތަހުގީގެ މަސައްކަތްތައް ލަސްކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި މިފަދަ މައްސަލަތަކަކީ އެއް ދުވަހުން ނިންމާލެވޭނެ މަސައްކަތްތައް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 5%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: