ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ފްލައިން ސްކޫލުން ހަތަރު ދަރިވަރަކު ވަކިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިން ހަތަރު ދަރިވަރަކު ވަކިކޮށްފިއެވެ.

މި ހަތަރު ދަރިވަރުން ވެސް ސްކޫލުން ވަކިކޮށްފައިވަނީ މިއަދު އެ ދަރިވަރުންނަށް ފޮނުވި މެއިލް އަކުންނެވެ. މި ދަރިވަރުންނަކީ ވެސް ސްކޫލްގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވި ޕެޓިޝަނުގައި ސޮއިކުރި 86 ދަރިވަރުންގެ ތެރޭގައި ހިމެނޭ ދަރިވަރުންނެވެ.

ކޯހުން ވަކިކުރި ދަރިވަރަަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ އެ ދަރިވަރު ކޯހުން ވަކިކުރީ ކޯހުގެ މުއްދަަތު ފަހަނަ އަޅާ ދިޔައިރުވެސް ކޯސް ނިމިފައިނުވުމާއި ކިޔެވުމަށް ފަރުވާކުޑަވުމުގެ ސަބަބުން ކަމަށެވެ.

ފްލައިން ސްކޫލުން ހަތަރު ދަރިވަރަކު ވަކިކޮށްފައި މިވަނީ، އެ ސްކޫލަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވަނިކޮށެވެ.

ފްލައިން ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި އަތުން ގިނަ އަދަދަކަށް ފައިސާ ހޭދަވީއިރު ވެސް ކޯސް ނިންމަން ބުނި ތާރީހަށް ނިންމިފައި ނުވުމުގެ އިތުރުން އެކަމުގައި އެ ދަރިވަރުންގެ ހައްގުތަކަށް ވަކާލާތު ކުރާނެ ބަޔަކު ނެތުމުން ކަންބޮޑުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: