ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީދޫ އިން ކާޅު މެރުމުގެ މަސައްކަތް މާދަން ނޫނީ އަނެއް ދުވަހު ފެށޭނެ: ރޮޒައިނާ

ރައްޔިތުންގެ މަޖިލީޙުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް: :ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

އައްޑޫ ސިޓީ މީދޫ އިން ކާޅު މެރުމުގެ މަސައްކަތް މާދަން ނޫނީ އޭގެ އަނެއް ދުވަހު ފަށާނެ ކަމަށް އެ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އައްޑޫގައި ކާޅު އާލާވެ، ދޮންދީނިގެ ނަސްލު ނެތި ހިގައިދާނެ ކަމުގެ ބިރު ހީވެފައިވާތީ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ހުރަހެއް ނެތް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން އައްޑޫ ސިޓީ ކައުންސިލަށް ދާދިފަހުން ވަނީ އަންގާފައެވެ.

އެކަމާ ގުޅިގެން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީދޫގައި ކާޅު މެރުމުގެ މަސައްކަތް މާދަމާ ނޫނީ އަނެއް ދުވަހު ފަށާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ކަމަށެވެ.

"އެދެނީ ވީހާވެސް އަވަހަކަށް ކާޅުތަކުގެ ކިބައިން ދޮންދީނިތައް ސަލާމަތްވުން." ރޮޒެއިނާ ވިދާޅުވިއެވެ.

ކާޅަކީ އައްޑޫގައި އާންމު ގޮތެއްގައި އުޅޭ ބާވަތުގެ ދޫންޏަކަށް ނުވާތީ އަދި އޭގެ ސަބަބުން އުނދަގުލަކަށް ވާނަމަ އެއީ ޕެސްޓެއްގެ ގޮތުގައި ބަލާ އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅިދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: