ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ދުބާއީގެ “އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް” ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމާއި ގުޅޭ މައްސަލާގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު އެތަކެއް ކަމެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އެއާއެކު އޭރުގެ ހެލްތު މިނިނސްޓަރ އަބްދުﷲ އަމީން ވަނީ މައްސަލަ ބަލަމުންދާތީ މަގާމުގެ މަސްއޫލިއްޔަތުން އަމިއްލައަށް އެކަހެރިވިއެވެ، ގޭގައި މަޑުކުރެއްވިއެވެ.
އެހެންނަމަވެސް މި މައްސަލައާއި ގުޅިގެން އޮޑިޓަރ ޖެނެރަލް އާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ ނިންމުންތައް ޕްރޮސެކިއުޓަރ ޖެނެރަލް އަށް އެއްވެސް ވަރަކަށް ކަމަކު ނުދިޔައެއެވެ. ހަމަ އެއާއެކު ޕްރޮސިކުޓަރ ޖެނެރަލްގެ ނިންމުމާއި ހިލާފަށް މި މިކަމުން ކޮރަޕްޝަންގެ އެތަށް އަމަލެއް ވެރިކަން ކުރާ އެމްޑީޕީއަށް އެބަފެނެއެވެ. އެމްޑީޕީއިން ބުނާ ގޮތުގައި މިކަމުގެ ފުރިހަމަ ޒިންމާ އަމީން ނަންގަވަން ޖެހޭނެއެވެ.
މިއާއެކު ހެލްތު މިނިސްޓްރީގެ މަގާމުން އަމީން ވަނީ އިސްތިއުފާ ދެއްވާފައެވެ. ސީދާ އެމްޑީޕީގެ ތެރޭގައި ތިބި ބައެއްގެ ފިއްތުންތަކާއި ހެދިގެނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.
މައްސަލަ މިހިސާބަށް އައި އިރުވެސް އަމީން ފިޔަވައި މިކަމުގައި ބައިވެރިވި އިތުރު ވަޒީރެއްވެސް ނެތެވެ. މިވަރުގެ ބޮޑު ވައްކަމެއް އަމީން މި ކުރެއްވީ ގިނި ކަންޔާބާވައެވެ.
މިފަދަ ބޮޑެތި ބިޑްތައް ކުރިއަށް ގެންދިއުމުގެ ތަޖުރިބާނެތް ކުޑަކުޑަ ބިޑް ކޮމެޓީއެއް ޒިންމާވާގޮތައް ކަންކަން ރާވައި އިންތިޒާމް ކުރުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ ނުސީދާ ބައިވެރިވުމެއް އޮތް އޮތުން އެއީ ވެސް ތަޙްޤީޤުކޮށް ބެލެން ޖެހޭނެ ކަމެކެވެ.
އަމީން ހަމަ ގޮވައިގެން އަންނަހާ ބަޔަކަށް އަމީރު އެޑްވާންސްކޮށް ފައިސާ ދީގެން ނުވާނެތާއެވެ. އަމީން އާއި ހިސާބުން މައްސަލަ ކަފުން ކޮށް އަތްޖަހާކަށް މިއަދު އެމްޑީޕީއަކަށް ތިބެވޭކަށްވެސް ނެތްތާއެވެ.
މި ސަރުކާރުގައި ބޮޑު ވައްކަމެއް ނުވަތަ ކޮރަޕްޝަނެއް އެކަނި ހިންގޭވަރުގެ ބާރެއް އަދި ނުފޫޒެއް އެއްވެސް އިރެއްގައި އަމީންގެ ކިބަޔަކު ނެތެވެ. އެކަން އެގޮތަށް ކުރެވޭނީ ސަރުކާރުގައި ތިބި ނުފޫޒު ގަދަ ވަޒީރުންގެވެސް އެއްބާރުލުމާއި އެކީގައެވެ.
އެހެންކަމުން އަމީން އާއި ހިސާބުން މައްސަލަ ނިމްމާލާ މިކަމުގެ އަޑީގައި ދެން ތިބި މީހުން ފޮރުވައިގެން ވެރިކަން ކުރާ އެމްޑީޕީ އަށް އަތް ޖެހޭކަށް ނެތެވެ.
ގައްދޫ އަމީން ފަދައިން ހަމަ އެރަށު އަމީރުގެ އިހުމާލެއް މި މައްސަލާގައި އުޅެތޯ ބެލެމައްފަހު ފިޔަވަޅު އަޅަންޖެހެއެވެ.
One Response
ތި ކަމުގައި ސާމިލުވާ ހުރިހާ މީހުން ހައްޔަރު ކުރޭ;