ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިންނަށް 28,000 އެނދު ހުޅުވާލެވިއްޖެ: ޑރ.މައުސޫމް

ޓުއަރިޒަމް މިނިސްޓަރ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 ގެ ސަބަބުން ގެސްޓު ހައުސްތަކާއި ރިސޯޓްތަށް ބަންދު ކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލިއިރު, މިހާ ތަނަށް 28000 އެނދު ހުޅުވާލެވިއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ “ސަރުކާރު” ޕުރޮގުރާމުގައި ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ , ގެސްޓު ހައުސްތަކާއި ސަފާރީ ތަކުގެ އިތުރުން ރިސޯޓް ތަކުން މިހާތަނަށް ފަތުރުވެރިންނަށް 28,000 އެނދު ހުޅުވާލެވިފައިވާ ކަމަށެވެ.

“މުޅި ޖުމްލަ މިހާރުވަނީ 28,000 އެނދު ފަތުރުވެރިންނަށް ހުޅުވާލެވިފައި. އެހެންނަމަވެސް 28,000 އެދަށް އަދި ފަތުރުވެރިންނެއް ނާދެ” މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލުމަށް ކުރާ މަސައްކަތުގައި, ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަ ކުރައްވާ މިނިސްޓަރ މައުސޫމް ވަނީ އެ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން މައުސޫމް ވަނީ ފަތުރުވެރިކަމަށް އަލުން ރާއްޖެ ހުޅުވާލާފައިވާއިރު, އެޗްޕީއޭގެ ގައިޑްލައިން ތަކަށް ހުރިހާ މަސައްކަތެއްވެސް ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަރަށް ބޮޑު ސަމާލުކަމެއްދޭކަން ފާހަގަ ކުރައްވާފައެވެ.

ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އަނެއްކާވެސް އަންނަން ފަށާފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: