ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިންގެ ޚަރަދު ނުދޭނަމަ، އިތުރު ކައިވެންޏެއް ކޯޓުން ނުކޮށްދޭ، އެކަމަކު މިލިއަނުން ދޭންޖެހޭ ފައިސާ ނުދިނުމުން ފިޔަވަޅެއް ނޭޅޭ: ހިސާން

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ދައުލަތަށް ފައިސާ ދައްކަންޖެހޭ މީހުންގެ ތެރެއިން މިލިއަނުން ފައިސާ ދައްކަންޖެހޭ މީހުން، އެފައިސާ ދައުލަތަށް ނުދެއްކުމުން އެޅޭނެ ފިޔަވަޅެއް ބަޔާންކޮށްފައި ނެތުމަކީ ގެއްލުންވާކަމެއްކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށައެޅުއްވުމުގެ ބިލަށް ބަހުސްކުރައްވަމުން ހިސާން ވިދާޅުވީ ކޯޓުތަކުގެ ހުކުންތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައި އެބަހުރި ކަމަށެވެ. އެެހެންނަމަވެސް، ގާނޫނު އަސާސީގައި އެފައިސާ ނުދެއްކީމަ ވާގޮތް ސާފުވެފައި ނެތްކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ދައުލަތަށް ދައްކާންޖެހޭ ފީ، ޖޫރިމަނާ އަދި އެނޫންވެސް ފައިސާގެ ތެރެއިން ބައެއް ޒާތުގެ ފައިސާ ނުދެއްކުމުން އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ. އެހެންނަމަވެސް، ބައެއް ހާލަތްތަކުގައި އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައިވާކަމަށެވެ. އެގޮތުން ދަރިންގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދޭނަމަ، ކޯޓުތަކުން އިތުރު ކައިވެންޏެއް ކުރުމުގެ ހުއްދަ ނުދޭ ކަމަށެވެ. އެހެންނަމަވެސް، ދައުލަތަށް މިލިއަނުން ދައްކަންޖެހޭ ފައިސާ ނުދެއްކެމުން، އެޅޭނެ ފިޔަވަޅެއް ނެތްކަން ހިސާން ފާހަގަކުރެއްވިއެވެ.

މިއީ ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ ނިޒާމެއް ކަނޑައަޅަން ހުށައަޅާފައިވާ ބިލެއް. މިއީ ވަކި މީހަކު ދައްކަންޖެހޭ ފައިސާއެއް ނުދައްކައިގެން ހުށައެޅި ބިލެއްނޫން.މިއީ ހުރިހާ ވަގުންނަށް އަމާޒުކޮށް ވައްކަން ކުރި ފައިސާ އަނބުރާ ނުދައްކާ ހުރީމަ އެފައިސާ އަނބުރާ ހޯދުމަށް ކުރަމުންދާ މަސައްކަތެއް.

ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުގައި ވާގޮތުން، ދައުލަތަށް ދައްކަންޖެހޭ އަނބުރާ ފައިސާ ނުދައްކާނަމަ ޓެކްސް ފިޔަވައި، ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވާ މުއްދަތުގެ ތެރޭގައި އަނބުރާ ދައުލަތަށް ދައްކާފައިނުވާނަމަ، ޝަރީއަތް މެދުވެރިކޮށް އެފައިސާ ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ(މީރާ)އަށް ހުށައެޅުމުގެ ބާރު ލިބިގެންވެއެވެ. އަދި ޝަރީއަތަށް ހުށައެޅުމުގެ ކުރިން، ފައިސާ ދެއްކުމަށް އަންގައި ނޯޓިސް ފޮނުވުމާއި، ފައިސާ ނުދައްކާ ފަރާތުގެ ނަން  ހާމަކުރުމުގެ އިތުރަށް ދައުލަތުގެ އިދާރާއަކުން ހޯދަން އެދޭ ޚިދުމަތް ދިނުން ހިފެހެއްޓުމުގެ ބާރު މީރާއަށް ލިބިގެންދާނެއެވެ.

މިއިސްލާހުތައް މިގޮތަށް ހުށައަޅުއްވާފައިވާއިރު، އިދިކޮޅު ކޯލިޝަނުން އަންނަނީ މިއީ ސީދާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަމާޒުކޮށް ހުށައަޅުއްވާފައިވާ އިސްލާހެއްކަމަށް އަންނަނީ ބުނަމުންނެވެ. އެމްއެމްޕީއާރުސީގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެ، 5 އަހަރު ދުވަހުގެ ޖަލު ހުކުމަކާއި 5 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް ހުކުމްކޮށްފައިވާއިރު، މިހާތަނަށް އައިއިރު އެފައިސާ ރައީސް ޔާމީންގެ ފަރާތުން ދައުލަތަށް ދައްކާފައެއް ނުވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަށް މިމަހު 11 މަސް ފުރިގެންދާއިރު، ދާދިފަހުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންވެސް، ރައީސް ޔާމީން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވާކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށް އަމީރުވެސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: