ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާފުވާ މިންވަރަށް ކަންކަން ހިނގުމުން ރައްޔިތުންގެ އިތުބާރު ގެއްލޭކަށް ހެކި ބޭނުމެއް ނުވާނެ: އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސާފުކޮށް އިނގޭ މިންވަރަކަށް ކަންކަން ހިނގުމުން ރައްޔިތުންގެ އިތުބާރު ގެއްލޭކަށް ހެކިތަކެއް ބޭނުމެއް ނުވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް އިތުބާރު އެބައޮތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވަނިކޮށް އެ ނިންމުމާ ދެކޮޅު ހަދާ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅާފައެވެ.

އެކަމާ ގުޅިގެން އާޒިމް ވިދާޅުވީ އެ މައްސަލައިގައި ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ނުހޯދުނީ ތަހުގީގީ އިދާރާއެއްގެ ނާގާބިލުކަމުން ކަމަށެވެ. ނަމަވެސް ސާފުކޮށް އިނގޭ މިންވަރަށް ކަންކަން ހިނގުމުން ރައްޔިތުންގެ އިތުބާރު ގެއްލޭކަށް ހެކިތަކެއް ބޭނުން ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާ ގަރާރުގައި ސޮއިވެސް ކޮށްފައެވެ. އެ މެމްބަރުން އެ މަަސައްކަތް ފަށާފައިވަނީ އެމްޑީޕީގެ ޕީޖީގެ ނިންމުމާ ދެކޮޅަށެވެ.

އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއިކުރެއްވީ 24 މެމްބަރުންނެވެ. އަދި އެ މަސައްކަތުގައި އިސްކޮށް ތިބީ މިއަދު އޮތް ޕީޖީ ބައްދަލްވުމުގައި އަމީން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވި މެމްބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: