ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ފިކުރަކީ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅުވުން، އަމީނަށް އިތުބާރެއް ނެތް: ލަތީފް

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވިސްނުމާއި ފިކުރަކީ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅުވުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް އިތުބާރު އެބައޮތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވަނިކޮށް އެ ނިންމުމާ ދެކޮޅު ހަދާ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅާފައެވެ.

މިކަމާ ގުޅިގެން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ އަދި ވިސްނުމަކީ ވެސް ވައްކަމާއި ކޮރަޕްޝަނާ ދެކޮޅުވުން ކަމަށާއި އެއީ ޕާޓީގެ ތޮބިއްޔަތެއް ކަމަށެވެ. އަދި އޭނާގެ އިތުބާރު އަމީނަށް މިހާރު ނެތް ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާ ގަރާރުގައި ސޮއިވެސް ކޮށްފައެވެ. އެ މެމްބަރުން އެ މަަސައްކަތް ފަށާފައިވަނީ އެމްޑީޕީގެ ޕީޖީގެ ނިންމުމާ ދެކޮޅަށެވެ.

އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއިކުރެއްވީ 24 މެމްބަރުންނެވެ. އަދި އެ މަސައްކަތުގައި އިސްކޮށް ތިބީ މިއަދު އޮތް ޕީޖީ ބައްދަލްވުމުގައި އަމީން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވި މެމްބަރުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: