ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނީލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާއަކީ ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅައިދޭން އާޒިމާ އެދިއްޖެ

އާޒިމާގެ މައްޗަށް ކުރާ މަނީލޯންޑާއަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އަޑުއެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ޑޮލަރު ލޯންޑަ ކޮށްދިނުމުގައި އެހީތެރިވި ކަމަށް ބުނެ  ރައީސް ޔާމީންގެ ސަރުކާރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ކުރިއަށް ނުގެންދެވޭނެ މައްސަލަތަކެއް ކަމަށް ކަނޑައަޅައިދޭން އާޒިމާ އެދިވަޑައިގެންފިއެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމުގައި ހުންނަވައިގެން މަނީލޯޑާރ ކުރެއްވި ކަމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ. އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށެވެ.

މި މައްސަލައިގައި މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ޝަރީޢަތުގައި އާޒިމާ އެދިވަޑައިގެންފައި ވަނީ  މި މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި އޭރު މައްސަލަ ކުރިޔަށް ގެންދިޔައިރު ކުރާ ތުހުމަތަކީ ކޮބައިކަން ސާފުކޮށްދީފައި ނުވާ ކަމަށް ވިދާޅުވިއެވެ. ދައުލަތުން އާޒިމާގެ މައްޗަށް ތުހުމަތުތަކެއް ކުރާއިރު މި ތުހުމަތުތައް ބިނާވަނީ ކޮން އަސާސެއްގެ މައްޗަށްކަން ސާފު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުވާގެ ސީއާ ސާފުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްގެ ގޮތުގައި އާޒިމާގެ ގާނޫނީ ވަކީލު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ތަކުރާރުކޮށް މި ދައުވާ ސާފުނުވާކަމަށް އާޒިމާގެ ފަރާތުން ފާހަގަ ކުރުމުން ވެސް އެއަށް ރިއާޔަތް ކުރުމެއް ނެތި މައްސަލަ ކުރިޔަށް ގެންގޮސްފައިވާ ކަމަށް ވަކީލު ވަނީ ފާހަގަ ކުރައްވާފައެވެ. މައްސަލަ ކުރިޔަށް ގެންދިޔައީ އާޒިމާގެ ފަރާތުން ފާހަގަ ކުރަމުން ދިޔަ ކަންތަކަށް ބެލުމެއްނެތި ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ. އަދި ވަކީލު ވަނީ ޝަރީއަތް އަލުން ފަށައިފިނަމަ ދައުލަތަށް ގެއްލޭނެ ހައްގެއް ނޯންނާނެ ކަމަށް ބުނެފައެވެ. އަދި އާޒިމާ ވެސް މައްސަލައިގައި ވިދާޅުވީ އިޖުރާއަތުތައް އަލުން ފަށަން ބޭނުންވަނީ މީގެ ކުރިން ގަޒީ އަމަލު ކުރައްވާފައިވާ ގޮތުގެ ސަބަބުން ކަމަށެވެ.

މައްސަލަ މީގެ ކުރިން ބެއްލެވީ އެހެން ފަނޑިޔާރެއްކަމުން ދެ ގޮތަކަށް މައްސަލައިގައި ގޮތެއް ނިމިގެން ދިއުމުގެ ފުރުސަތު އޮތްކަމަށް އާޒިމާގެ ވަކީލް ވިދާޅުވިއެވެ. އެހެން ކަމުން ގާނޫނު އަސާސީގެ ދަށުން ލިބިގެންވާ ހައްގުތަކާއި އެކު ބޭނުންވަނީ މައްސަލަ އަލުން ފެށުމަށް ކަމަށް ވަކީލް ވިދާޅުވިއެވެ ދައުލަތުން ވަނީ ގިނަ ގާނޫނީ ނުކުތާތަކެއް މި މައްސަލައިގައި ފާހަގަ ކުރައްވާފައެވެ.

މި މައްސަލައިގައި މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލިސް ފައްޓަވަމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު އެންމެ ފުރަތަމަ ހާމަ ކުރެއްވީ މައްސަލަ އަލުން ފެށުމަށާއި އަދި ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތަކަށް ދައުލަތާއި އަދި އާޒިމާގެ ފަރާތުން އެދިފައި ވާތީ އެކަމުގައި ޝަރީޢަތުން ނިންމާފައިވާ ގޮތް ހާމަ ކުރެއްވުމެވެ. އެގޮތުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ނިންމާފައިވާ ކަމަށާއި އަދި މައްސަލައިގެ ހެކި ހުށަހަޅާފައި ވާތީ ދެން އިތުރަށް އައު ހުށަހެޅުންތަކެއް ހުށަހެޅުމުގެ ފުރުސަތު ނުދިނުމަށް ޝަރީޢަތުން ނިންމާފައިވާ ކަމަށެވެ. މީގެއިތުރުން މައްސަލަ ސާފުނުވާ ކަމަށް ވިދާޅުވެ އާޒިމާ ވިދާޅުވެފައިވާ ނުކުތާއާއި ގުޅިގެން ހަސަން ސައީދު ވިދާޅުވީ މައްސަލަ ސާފްކޮށްދެވިފައިވާ ކަމަށް ޝަރީޢަތުން ނިންމާފައިވާ ކަމަށެވެ.

މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ވެސް ދައުލަތާއި އާޒިމާއާއ ދެމެދު ވަނީ ހޫނު ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކޮށްފައެވެ. އަޑުއެހުމުގައި އާޒިމާ ވިދާޅުވީ މި މައްސަލައިގައި އޭނާއަށް ހަމައެކަނި ތުހުމަތުތަކެއް ކުރެވޭ ސަބަބެއް ނޭނގޭ ކަމަށެވެ. އާޒިމާ ވަނީ ސިޓީގެ މައްސަލަ ފާހަގަކުރައްވާ އެ ސިޓީގައި ސޮއިކޮށްފައިވަނީ އޭސީސީގެ އޭރުގެ ނައިބް ރައީސް މުއައްވިޒު ރަޝީދުކަން ފާހަގަކުރައްވާފައެވެ.

އާޒިމާ ވިދާޅުވީ އެކްސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާ ކުރަން ރައީސް ޔާމީންއަށް ލަފާ ދެއްވީ އޭރު އޭސީސީގެ ރައީސްގެ ގޮތުގައި ހުންނެވި ހަސަން ލުތުފީ ކަމަށާއި އެކަމަށް އެކަން ހަސަން ލުތުފީގެ ބަޔާނުން އެނގޭ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކްސްކޮރޯ އަކއުންޓެއް ހުޅޫވައި އެއްބަސްވުމެއް ހަދައި ސޮއި ކުރެއްވީ އޭސީސީގެ އޭރުގެ ނައިބް ރައީސް މުއައްވިޒް ރަޝީދު ކަމަށާއި އަދި ރައީސް ޔަމީންއަށް މަނީލޯންޑަރ ކުރުމަށް މަގުފަހި ކުރުމުގެ ގިތުރުން ބޭންކް އޮފް މޯލްޑިސް މެދުވެރިކޮށް ވަކި ގޮތަކަށް ސިޓީއެއް އިބާރާތް ކުރުވައި ސިޓީއެއް ހޯދާފައިވާ ކަމަށް ދައުކަތުން ބުނާ ކަމަށްވާނަމަ އޭނާއަށް އެ ސިޓީ ދިން މީހާގެ މައްޗަށް ތަހުގީގު ނުހިންގަނީ ނުވަތަ ދައުވާ ނުކުރަނީ ކީއްވެގެންތޯ ވިދާޅުވެ އާޒިމާ ވަނީ ސުވާލު އުފައްދަވާފައެވެ.

އާޒިމާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ އަދި ވެސް ތަހުގީގު ފުރިހަމަ ނުވާ މައްސަލައެއް ކަމަށާއި އެހެން ކަމުން ތަހުގީގު ފުރިހަމަ ނުވާ މައްސަލައެއްގައި މީހެއްގެ މައްޗަސް ދައުވާ ނުކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މަނީލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް ކުރާއިރު ދައުކަތުން މައްސަލަ ސާބިތު ކުރުމަށް އެފަދަ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށާއި ހެއްކެއް ނެތި މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭނެކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ދައުލަތުން އޭނާއާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިއްގެ މައްޗަށް މަނީލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ތުހުމަތުކޮށް ތަހުގީގެއް ކުރިއަށް ގެންދާކަން ނުވަތަ ނޫންކަން އޭނާއަސް ސާފުވާން ޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް އާޒިމާ ވިދާޅުވީ ދައުލަތުން އޭނާއާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ މައްޗަށް ފަހުން ތަހުގީގެއް ހިންގައި ދައުވާ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އެހެން ކަމުން އޭނާއާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ އެއްވެސް މީހެއްގެ މައްޗަށް އޭނާގެ މައްޗަށް ކުރާ ތުހުމަތުކޮށް ތަހުގީގެއް ހިންގާކަން ނުވަތަ ނޫންކަން ދައުލަތުން ސާފުކޮށް ދޭން ޖެހޭ ކަމަށެވެ.

އާޒިމާ ވަނީ މި މައްސަލަ އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައާއި ގުޅޭއިރު، އެސްއޯއެފްގެ އެކައުންޓު މި ފައިސާތައް ޖަމާކުރި އެ ކުންފުނީގެ އެއްވެސް މީހަކާއި ދައުލަތުން ސުވާލު ނުކުރާކަން ފާހަގަކޮށްފައެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ވެސް ނުހިންގާކަމަށް ވިދާޅުވިއެވެ. އަދި ބީއެމްއެލްއިން ހޯދިކަމަށް ދައުލަތުން ބުނާ ލިއުން އެއީ  ދައުލަތުގެ ފައިސާ ކަމަށް ބެލެވޭ ފައިސާ އެކްސްކްރޯ އެކައުންޓަށް ޖަމާކުރިކަން ޔަގީން ކުރުމަށް ހޯދި ލިޔުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީޢަތުގެ މަޖިލީހުގައި އާޒިމާގެ ވަކީލް ވިދާޅުވީ މި މައްސަލައިގައި ދައުލަތުން އާޒިމާގެ މައްޗަށް ދައުވާ އުފުލިއުރު ޕީޖީގެ މަގާމުގައި ހުންނެވި ޢައިޝަތު ބިޝާމްއަކީ މި މައްސަލައިގެ މަސްލަހަތު އޮތް ފަރާތެއް ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފަޅާއެރިއިރު ރައީސް އޮފީހުގެ ލީގަލް ސެކްޝަނާއި ހަވާލުވެ ވަޑައިގެން ހުންނެވީ ބިޝާމް ކަމަށާއި އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އޮޑިޓް ނިންމައި އޭރުގެ އޮޑިޓަރ ޖެނަރަލް ފޮނުއްވި ރިޕޯޓް ދިރާސާ ކުރުމަށް ފަހު އެކަމުގައި އަމަލު ކުރަންވީ ގޮތުގެ ލަފާ ރައީސްއަށް ދެއްވީ ބިޝާމް ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ޔާމީޏްގެ އެކައުންޓަށް ޖަމާވި އެއް މިލިޔަން ޑޮލަތުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަސް އުފުލި ދައުވާގައި ވެސް އަދި އެ ޝަރީއަތުގައި ވެސް އެކަމުގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ދައުލަތުން ބުނެފައި ނުވާ ކަމަށާއި އެހެން ކަމުން މި މައްސަލައަކީ ކުރިއަސް ނުގެންދެވޭނެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަސް އާޒިމާ އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން މި މައްސަލައިގައި ކުރީގެ ޕީޖީ ބިޝާމްގެ މައްސަލަ އޮތް ކަމަސް އޭނާ ގަބޫލު ކުރާތީ މި މައްސަލަ އަލުން މުރާޢަޖާ ކޮށްދިނުމަސް ޕީޖީއަށް ހުށަހެޅުއްވިކަން އާޒިމާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޝަރީއަތުގެ މަޖިލީޙުގައި އާޒިމާގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް ވިދާޅުވީ އާޒިމާގެ މައްޗަށް ދައުކަތުން އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ އެއްވެސް ކީހެއްގެ މައްޗަށް މަނީލޯންޑަރ ކުރުމަށް އެހީތެރިވުމުގެ ދައުވާއާއި އަދި ދައުލަތަށް ދޮގު މައުލޫމާތު ދިނުމުގެ ދައވާ ދައުލަތުން ނުކުރާ ކަމަށާއި އަދި އެފަދަ އެއްވެސް ތަހުގީގެއް އެއިން މީހެއްގެ މައްޗަށް ނުހިންގާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަސް ޖަމާވި އެއް މިލިޔަން ޑޮލަރުގެ މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް ހުޅޫވި އެކްސްކޮްރޯ އެކައުންޓަސް ފައިސާ ޖަމާވިކަން ނުވަތަ ކުރިކަން ސާބިތު ކުރުމަސް އާޒިމާ ލިޔުން ހޯދާފައިވާ ކަމަށް އާޒިމާ ވެސް އިންކާރު ނުކުރާ ކަމަށެވެ. އެހެހް ކަމުން ދައުވާ ކުރަނޫ ނެތް ހެއްކެއްގެ މައްޗަށް ކަމަސް ބުނުމުގެ ޖާގަ ނެތް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އަކީ ދައުވާ އުފުލިއިރު ޕީޖީގެ މަގާމުގައި ހުންނެވި ބިޝާމްހެ މަސްލަހަތު އޮތް މައްސަލައެއް ކަމަސް އާޒިމާ ވިދާޅުވާއިރު އެކްސްކްރޯ އެކައުންޓަށް ފައިސާ ޖަމާވިކަން ކަށްވަރު ކުރުމަސް ލިޔުން ބޭނުން ވެގެން އެ ލިޔުން ހޯދަން އެދުނީ އާޒިމާ ކަމަށާއި އަދި އޭރު އާޒިމާ ހުންނެވީ ރައީސް އޮފީހިގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައިކަން ދައުކަތުން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން ދައުލަތުގެ ވަކީލް ވިދާޅުވީ މި މައްސަލައިގައި ބިޝާމްގެ މަސްލަހަތު އޮތް ކަމަށް އާޒިމާ ވިދާޚުވެ މައްސަލަ މައްސަލަ އަލުން ރިވުކޮށްދިނުމަސް އާޒިމާ ޕީޖީގައި އެދުނު ކަމަށާއި ނަމަވެސް މައްސަލަ އަލުން ރިވިއު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމެވީ މިހާރު ހުންނެވި ޕީޖީ ކަމަށް ދައުކަތުގެ ވަކީލް ވިދާޅުވިއެވެ. އެހެން ކަމުން ޕީޖީ ބިޝާމްގެ މަސްލަހަތު އޮތް ކަމަށް ބުނެ އާޒިމާ ދައްކަވާ ވާހަކަތައް މިހާރުގެ ޕީޖީ ނިންމި ނިންމުމުން ނަފީވެގެން ދާނެ ކަމަސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ވެސް ވަނީ ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅަން ޖެހޭ ހުރިހައި ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެހެން ކަމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތާއި އާޒިމާގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި މެދު ގޮތެއް ނިންމުމެވެ.

ޝަރީއަތުގެ މަޖިލިސް ނިންމަވާ ލައްވަމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހު ކަމަށާއި އެ ދުވަހުގެ ޗަރީއަތުގެ މަޖިލީޙުގައި މި މައްސަލަ އަކީ ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ ނުވަތަ ނޫޏްތޯ ޝަރީޢަތުން ނިންމާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: