ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރު މެދުން މިއަންނަ ކައުންސިލް އިންތިޚާބު ފަސޭހައެއް ނުވާނެ: ރައީސް ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުރުގެ މެދުތެރެއިން އަންނަ އެއްވެސް އިންތިޚާބަކީ އޭރަކު އޮންނަ ސަރުކާރަކަށް ފަސޭހަ އިންތިޚާބެއް ނޫން ކަމަށާއި އެގޮތަށް ކުރިއަށް ލޯކަލް ކައުންސިލްގެ އިންތިޚާބު ކާމިޔާބުކުރުމަކީ ފަސޭހަ ކަމަކަށްނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތާޖުއްދީން ސްކޫލްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ،   ކަންތައްތައް ދިޔަގޮތުން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ދިމާވަނީ ދައުރުގެ މެދަށް ކަމަށެވެ. އަދި އެމްޑީޕީން އެންމެ އަވަހަށް ކުރިމަތިލާން އޮތް އެންމެ ބޮޑު އިމްތިހާނަކީވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ލޯކަލް ކައުންސިލް އިންތިޚާބަކީ ދެން މިޕާޓީން ކުރިމަތިލާނެ އެންމެ ބޮޑު އިންތިޚާބު، އެއީ އަޅުގަނޑުމެންގެ ދައުރުގެ މެދުންވެސް އަންނަ އިންތިޚާބެއް، އެހެންވީމާ އެއީ ޕާޓީ އަބަދުވެސް ވެރިކަމުގައި އޮންނަ އިރު އަބަދުވެސް އުނދަގޫވާ އިންތިޚާބެއް، އެއްވެސް ސަރުކާރަކަށް ފަސޭހަ އިންތިޚާބެއް ނޫން އެއީ ދައުރުގެ މެދުން އަންނަ އިންތިޚާބު” ރައީސް ނަޝީދު

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ  އެމްޑީޕީގެ މި ސަރުކާރުގައި ދެން ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވެފައިވާ ހީނާރުކަން ކަމަށެވެ. ނަމަވެސް އެ ހީނަރުކަން އަދި އަންނާނީ ފަހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ މި ސަރުކާރުގައި ދެން ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވެފައިވާ ހީނާރުކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން ޒިންމާދާރު ކަމާއެކު އެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

“އަޅުގަނޑުމެންގެ އިޤްތިސާދުގެ މުގުލުގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވައިގެން އަދި ފިނޭންސް މިނިސްޓަރު ހިންގުމުގައި އެ ކުރައްވާ މަސައްކަތަކީ އަޅުގަނޑު ހަމަ ގައިމު ވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނުހަނު ބޮޑަށް ބަލައިގަންނަ މަސައްކަތެއް” ރައީސް ނަޝީދު

އިގްތިސާދު ދަށަށް ގޮސްފައިވާ ހާލަތުގެ ސަބަބުން ދައުލަތުގެ ދަރަނިތައް ކުޑަ ކުރުމަކީ ދަތި ކަމެއް ކަމަށާއި ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަކީ އެއްވެސް ސަރުކާރެއްގައި ފަސޭހަ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: