ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޑީކޭ އިން ވަގަށް ނެގި އަތް ހިއްކާ މެޝިންތައް އަނބުރާ ރައްދުކޮށްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

އޭޑީކޭ ހޮސްޕިޓަލުގެ ފާހާނާތަކުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި އަތް ހިއްކާ މެޝިންތައް އަލުން އަނބުރާ އޭޑީކޭ އަށް ރައްދުކޮށްދީފިއެވެ.

އޭޑީކޭ އިން މީގެ ހަތަރު ދުވަސް ކުރިން ވަނީ އަތް ހިއްކާ މެޝިން ވަގަށް ނެގި ކަމަށް ތުހުމަތުވާ މީހާ ފެންނަ ސީސީޓީވީ ފުޓެޖް އާންމުކޮށްފައެވެ.

އެ ވީޑިއޯއިން ފެންނަނީ ދަބަހެއް އަޅައިގެން ހުރި ފިރިހެނަކު އެ ހޮސްޕިޓަލަށް ވަންނަ ގޮތަށް ގޮސް އެތަނުގެ ފާހާނައަށް ވަދަގެންދާ ތަނެވެ. ވީޑިއޯއިން ފެންނަ ގޮތުން މިމިހާ ފުރަތަމަ ވަންނަނީ ފިރިހެނުންނަށް ހާއްސަކޮށްފައިވާ ފާހާނައަށެވެ. އޭގެ އިތުރުން އޭނާ ފިރިހެނުންގެ ފާހާނައިގެ އިތުރުން އަންހެނުންގެ ފާހާނާއަށް ވެސް ވަދެ ނުކުންނަ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

ފާހާނާތަކުގައި އެ މެޝިންތައް ބަހައްޓާފައި ވަނީ ވަރަށް ފަހުން ކަމަށް އޭޑީކޭ އިން މީގެކުރިން ކޮށްފައިވާ ޓްވީޓުގައި އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އޭޑީކޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ވަގަށް ނެގި އަތް ހިއްކާ މެޝިން މިއަދު އަނބުރާ ގޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އެ އެއްޗެހި ހުރީ ކުނި ކޮތަޅަށް އަޅާފައިކަމަށެވެ. އަދި ކުދިކުދި ގެއްލުންތަކެއް ވެސް ލިބިފައިވީ ނަމަވެސް އެތަކެތި ބޭނުން ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: