ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުންވަނީ ގާނޫނެއްނޫން، މާލީ ދާއިރާގެ ފަންނީ ބޭފުޅުން: ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނެއް ފާސްކޮށްލައިގެން ނިންމާލެވެން ނެތް ކަމަށާއި ބޭނުންވަނީ މާލީ ދާއިރާއިން ފަންނީ ގާބިލް ބޭފުޅުންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ހުށައަޅުއްވާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލުގެ ބަހުސްގައި ވަާހަކަފުޅު ދައްކަވަމުން މެމްބަރު ޝަރީފް ވިދާޅުވީ، ބިލު ފާސްކުރުމާއެކު ކުއްލި ބަދަލެއް ނާންނާނެ ކަމަށެވެ. އެހެންނަމަވެސް، މިއީ ކުރިއަށް އެޅޭ ހެޔޮ ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

ބިލަށް ތާއީދުކުރައްވައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ބިލުގައި މުހިންމު ކަންތައްތަކެއް ފާހަގަކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް، ބިލުގައި ފާހަގަކޮށްފައިވާ ކަންކަން މިއަށްވުރެ ތަފްސީލީ ގޮތެއްގައި ގެނައުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ފުޅާވަމުންދާ މިންވަރަކަށް، ޕޭމަންޓް ސިސްޓަމް ނާޖައިޒް ގޮތުގައި ބޭނުންކުރުމާއި ސައިބަރ ކްރައިމް އަދި ފައިސާއަށް މަކަރު ހެދުން ފަދަ ކުށްތައް އިތުރުވަމުންދާނެ ކަމަށެވެ. އެހެންކަމުން ހަމައެކަނި ގާނޫނެއް ފާސްކޮށްލުމާއި ހަމައިން މިކަން ނިންމާލެވެން ނެތް ކަމަށާއި މިކަން ހުއްޓުވުމަށާއި ކަންކަން ރެގިޔުލޭޓް ކުރާނެ މީހުން ތަމްރީންކުރުމާއި އެފަދަ ވަސީލަތްތައް ގާއިމްކުރުން މާމުހިންމުކަމަށް ވިދާޅުވިއެވެ. ގާނޫނެއް ފާސްކުރުމާއި ހަމައިން މިކަން ނިންމާލެވެން ނެތް ކަމަށާއި ގާނޫނަކުން ހާސިލްކުރަން އުޅޭ މަގްސަދު ހާސިލްނުވާނެކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް އަހުލުވެރި، ފަންނުވެރި މީހުން އެމްއެމްއޭ އަދި ބޭންކުތަކުގައި ތިބުން މުހިންމުކަމަށް ޝަރީފް ވިދާޅުވިއެވެ.

ބިލުގައި އާ ކަންކަން ފާހަގަކޮށްފައިވާކަން ފާހަގަކުރައްވައި ޝަރީފް ވަނީ ނޭޝަނަލް ޕޭމަންޓް ސިސްޓަމް ކައުންސިލެއް ތައާރަފްކުރުމަށް ހުށައަޅާފައި އޮތް އޮތުމަށް ތައުރީފް ކުރައްވާފައެވެ.

މިކައުންސިލްގައި ތިއްބަވަންވާނެ ކަމާއި ގުޅުންހުރި، ފަންނީ ގާބިލް ބޭފުޅުން

ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލުގައި ޕޭމަންޓް ސިސްޓަމް ކައުންސިލެއް ތައާރަފްކުރުމުގެ އިތުރަށް ގައުމީ ޕޭމަންޓް ސިސްޓަމްގެ ކަންކަން ބަލައި ރެގިޔުލޭޓް ކުރުމަށް އޮތޯރިޓީއެއް އެކުލަވާލައި، ގައުމީ ޕޭމަންޓާއި ބެހޭ ސިޔާސަތުތަކެއް އެކުލެވިގެންދާނެއެވެ. އަދި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކަށް އަދި އޮޕަރޭޓަރުންނަށް ލައިސެންސް ދޫކުރުމުގެ ބާރު މިއޮތޯރިޓީއަށް ލިބިގެންވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: