ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ދަރިކަލުން ޒެއިން: "އަޅުގަނޑަކީ ހުރި މީހާ، އެހެންވީމަ އަޅުގަނޑު ކޮޅަށް ހުންނަން ޖެހޭނެ"

ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ބައްޕާފުޅު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުންނެވީ އަޒުމް ވަރުގަދަކޮށް ކަމަށާއި، އެމަނިކުފާނުގެ އެންމެ ބޮޑު ވަސީއްޔަތަކީ އަބަދުވެސް އެއް ފަރުދެއްގެ މަސްލަހަތަށް ވުރެ ދީނާއި ގައުމާ މުޖުތަމައުގެ މަސްލަހަތު އިސްކުރުން ކަމަށް ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

"ޗެނަލް 13" އިން ގެނެސްދިން އިންޓަވިއުއެއްގައި ޒޭން ވިދާޅުވީ އެންމެ ކުޑައިރުން ފެށިގެން ބައްޕާފުޅާއި ގުޅޭގޮތުން ދަސްވީ އެއީ ވަތަނީ، އަދި ވަރަށް ހިންގުންތެރި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. ރައީސް ޔާމީނަކީ އަބަދުވެސް ކުރިއެރުމަށް މަސައްކަތް ކުރާ ބޭފުޅެއް ކަމަށާއި، ކުޑައިރު ކޮންމެ ދުވަހަކުވެސް އެމަނިކުފާނާއި ބައްދަލުވަނީ މެންދުރުގެ ސުފުރާމަތީން ކަމަށް ޒޭން ވިދާޅުވިއެވެ. އަދި ޒޭން ރައީސް ޔާމީން ސިފަކުރެއްވީ ވަރަށް ސީދާ، ސާދާ މަޒާޖީ ބޭފުޅެއްގެ ގޮތުގައެވެ.

ޒޭން ވިދާޅުވީ ބައްޕާފުޅަކީ އަބަދުވެސް އާއިލާއަށް ވަރަށް ވަގުތު ދެއްވި ބޭފުޅެއް ކަމަށާއި، ގޭތެރެއިން އެ ފަޅުކަން މިއަދު އިހުސާސް ކުރެވޭ ކަމަށެވެ. އަދި އެއީ މަސައްކަތްތައް ވަރަށް ހިންގުންތެރިކަމާއި އެކު އެއްވެސް ފަސްޖެހުމެއް ނެތި ކުރައްވާ ބޭފުޅެއްގެ ގޮތުގައި ޒޭން ފާހަގަ ކުރެއްވިއެވެ.

"ދެން އަމިއްލަޔަށް ވިދާޅުވި ބަސްފުޅެއްކަންނޭގެ ތިންމަނައަށް މީހުން ދަސްނުވިކަމަށް. އެއީ ވަރަށް ބޮޑު ހަގީގަތެއް އަސްލު. ކުރެއްވި ހުރިހާ މަސައްކަތެއްގައި ވެސް އިނގިރޭސި ބަހުން ދަންނަވާނަމަ، ހީ ހޭޑް އަ ލޮޓްސް އޮފް ފެއިތް އިން ޕީޕަލް" ޒޭން

ޒޭން ވިދާޅުވީ އޭނާގެ ބައްޕާފުޅަކީ އެއީ ވަރަށް ހިތްސާފު ބޭފުޅެއް ކަމަށެވެ. އަދި މީހުންނަށް އިތުބާރު ކުރަން މާ ގިނަ ވަގުތުތަކެއް ނުނަގާނެ ކަމަށެވެ. މީހުންނާއި މަސައްކަތެއް ހަވާލު ކުރާއިރު ފަސް ބެލުމެއް ނޯންނާނެ ކަމަށާއި، އަބަދުވެސް އެމަނިކުފާނުގެ ވިސްނުމަކަށް ވަނީ ކުރާކަމަށް ރީތި ގޮތުގައި ކުރުން ކަމަށް ޒޭން ވިދާޅުވިއެވެ. ރައީސް ޔާމީނަކީ އަބަދުވެސް ހެޔޮ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ބޭފުޅެއް ކަމަށް ވެސް ޒޭން ވިދާޅުވިއެވެ.

"އަބަދުވެސް ކުރައްވާ ވަސިއްޔަތެއް އެއީ ދަރިފުޅާ އޭ، ފައްޓާކަމެއް ވެއްޖެއްޔާ ރަނގަަޅަށް ނިންމައްޗޭ." ޒޭން

ޒޭން ވިދާޅުވީ ބައްޕާފުޅު މަތީން ހަނދާންވާތީ އެކަމާ އެންމެ ބޮޑަށް ޝަކުވާ ކުރައްވަނީ އެންމެ ކުޑަ ކޮއްކޮ ކަމަށެވެ. އެހެން ނަމަވެސް އާއިލާގެ ހުރިހާ ޒިންމާއެއް މިވަގުތު ނަންގަވާ މީހާގެ ހައިސިއްޔަތުން ހިއްވަރުގަދަ ކުރަން ޖެހޭ ކަމަށް ޒޭން ވިދާޅުވިއެވެ. އަދި މަސައްކަތް ކުރަނީ އެންމެނަށް ވެސް ދޭން ޖެހޭ ހިއްވަރާއި އެހީ ދީގެން ކުރިޔަށް ދިއުމަށް ކަމަށް ޒޭން ވިދާޅުވިއެވެ.

"އަޅުގަނޑަކީ ހުރި މީހާ. އެހެންވީމަ އަޅުގަނޑު ކޮޅަށް ހުންނަން ޖެހޭނެ. އަޅުގަނޑު އެންމެންނަށް ދޭން ޖެހޭ ސަޕޯޓު ދީގެން އުޅެވޭތޯ މަސައްކަތް މި ކުރަނީ،" ޒެއިން

ޒޭން ވިދާޅުވީ ރައީސް ޔާމީންގެ އެންމެ ބޮޑު ވަސީއްޔަތަކީ ކޮއްކޮ އާއި، މަންމާފުޅަށް ރަނގަޅަށް އަޅާލާ ލޯބި ދިނުމަށް ކަމަށެވެ. ރައީސް ޔާމީންގެ އެންމެ ބޮޑު އެދުމަކީ އަބަދުވެސް އިހުސާންތެރިވެ، އިހުލާސްތެރިވުމަށް ކަމަށް ވެސް ޒޭން ވިދާޅުވިއެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 52%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 10%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޒޭން ތިވާހަކަ ދައްކާއިރު، ޒޭންގެ ބައްޕަ ޒޭންއަށް އަޅާނުލާކަންވެސް އިނގޭ. ބައްޕަ އުޅުއްވީ ހޯދުނު ގޮތަކަށް ފައިސާ ނޫްންތޯ!

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: