ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންއައިސީއަށް މެމްބަރަކު އައްޔަން ކުރުން: ހިޔާނާތް ފަޅާއަރުވާލި ގާސިމަށް ކޮމިޓީގެ ރުހުން!

އެންއައިސީއަށް ހިޔާނާތް ފަޅާއަރުވާލި ގާސިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި، ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް، ހުސްވެފައިވާ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް، އައްޔަނު ކުރަން ފެންނަކަމަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ގާސިމްއާއި އިންޓަވިއު ކުރުމަށްފަހު، އޭނާ އެންއައިސީއަށް އައްޔަން ކުރަން ފެންނަކަމަށް ނިންމާފައިވަނީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއިން ވަނީ، ގާސިމް އެ ކޮމިޝަނަށް އައްޔަން ކުރުމާއި މެދު ގޮތެއް ކަނޑައެޅުމަށް މަޖިލީހަށް ރިޕޯޓު ފޮނުވާފައެވެ.

އެންއައިސީން މަގާމެއް ހުސްވެފައިވަނީ، ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލެއިމާން މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ. އަދި ގާސިމް ކޮމިޝަނަށް އައްޔަން ކުރުމަށް ނަން ފޮނުވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ގާސިމް މަޝްހޫރުވެފައިވަނީ، ބީއެމްއެލްގެ ވިސިލްބްލޯވާއެއްގެ ގޮތުގައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ގާސިމް ހުންނަވަނިކޮށް އޭނާ ވަނީ ހިޔާނާތުގެ ފައިސާ ޖަމާ ކުރެވެމުން ދިޔަ ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތަކެއް ފަޅާއަރުވާލާފައެވެ. އަދި ގާސިމް ބީއެމްއެލްގެ އެތެރޭގެ މައުލޫމާތުތަކެއް ލީކުކޮށްލިކަމަށް ބުނެ އެ މައްސަލައިގައި އާނާ ހައްޔަރުކޮށް 08 މަހާއި، 12 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ.

އެންއައިސީއަށް މެންބަރަކު އައްޔަނު ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ދުވަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް، ދިރާސާ ކުރުމަށް ފަހު، ކޮމެޓީގެ ރިޕޯޓު މަޖިލީހަށް ފޮނުވުމުން އެ ވަކި ވަކިން ނަންތަކަށް ވޯޓަށް އެހުމަށްފަހު އެންމެ ގިނަ ވޯޓު ލިބޭ ފަރާތްތެއް އެ މަގާމަށް އައްޔަނު ކޮށްދެއްވުމަށް އެދި މަޖިލީހުން ރައިސުލްޖުމްހޫރިއްޔާއަށް ފޮނުވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: