ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސްގެ މަރުގެ މައްސަލަ: ދުވަސްތަކަކަށް ފަހު މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު!

އަނަސްއަށް ހަމަލާދީފައިވަނީ، ލިޓަސް ސާވިސް ސެންޓަރ ތެރޭ - ހަށިގަނޑުގެ 31 ތަނަކަށް ވަނީ ހަމަލާދީފައި ވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައިގެ އެތަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގައި ކުރިޔަށް ގެންދާ ޝަރީއަތުގެ އަޑުއެހުމެއް މި ފެށޭ ހަފްތާގެ ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. ކްރިމިނަލް ކޯޓުގައި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނުގެ 09:00 އަށެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ، އަނަސް މަރާލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

އެ މީހުންގެ ތެރެއިން، މުހައްމަދު ސާޒު އާއި ޖުނައިހު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާ ދިންމީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުންކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަނަސް އަށް ހަމަލާ ދީފައިވަނީ ޒަޔާނާއި އަފްރާހު އަދި އުސްމާން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެ ތިން މީހުންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އަނަސްއަށް ހަމަލާދީފައިވަނީ، ލިޓަސް ސާވިސް ސެންޓަރ ތެރޭ – ހަށިގަނޑުގެ 31 ތަނަކަށް ވަނީ ހަމަލާދީފައި ވޭ

 

ހަމަލާ ދިނުމަށް ބަޔަކު އަނަސްއަށް ފާރަލާން ފެށުމުން، ސަލާމަތްތެރިކަން ހޯދުމަށް އަނަސް ދުވެފައި އައިސް ވަނީ ލިޓަސް ސާވިސް ސެންޓަރަށެވެ. އަދި އެ މީހުން އަނަސްއަށް ހަމަލާ ދިނީ އެ ސެންޓަ ރުތެރޭގައެވެ. އެ މީހުން އަނަސްއަށް ހަމަލާ ދީ ދުވެ ފިލާފައި ވަނީ އަނަސްގެ ގައިގެ 31 ތަނަކަށް ވަޅި ޖެހުމަށްފަހު އެވެ.

އަނަސްގެ މަރުގެ މައްސަލައިގައި އެންމެފަހުން ޝަރީއަތެއް ބާއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. ހެކި ބަސް ނެގުމަށް ތާވަލު ކުރި އެ ދުވަހުގެ އަޑުއެހުން ނިންމާލާފައިވަނީ މައްސަލައިގައި ތުހުމަތު ކުރެވޭ ޖުނައިހުއަށް ލިޔެކިއުންތައް ލިބިފައި ނުވާތީއެވެ. އޭގެ ފަހުން މައްސަލައިގެ އަޑުއެހުމެއް މާޗު މަހުގެ 02 ވަނަ ދުވަހަށް ވެސް ތާވަލު ކުރިއެވެ.

މި މައްސަލައިގައި ދައުވާލިބޭ 7 މީހުންވެސް ދައުވާއަށް އިންކާރު ކުރާއިރު، އަނަސްގެ މަރާއި ގުޅިގެން ޢާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގްރޫޕަކުން ތޫނު ހަތިޔާރާއެކު ލިޓަސް ސަވިސް ސެންޓަރު ތެރެއަށް ވަދެ އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަށް ޙަމަލާދީފައިވެއެވެ. ލިޓަސް ސަވިސް ސެންޓަރަށް އަނަސް ދުވެފައި ގޮސް ވަދެފައިވަނީ އެމީހުން އޭނާގެ ފަހަތުން ދުވެފައި ދިއުމުން ކަން ވީޑިއޯއިން ފެނެއެވެ. އަދި އަނަސް އަށް ޙަމަލާދިން އެންމެން ވެސް ތިބީ މޫނު ފޮރުވައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: