ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ރަށެއްގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ރަށެއްގައި އަޅާ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

އެ ގޮތުން ބިންގާ އަޅާފައިވާ ތިން ރަށަކީ ހދ.ކުމުންދޫ އާއި އެ އަތޮޅު ވައިކަރަދޫ އަދި ނެއްލައިދޫ އެވެ.

ފެނަކައިގެ ފަރާތުން އެ ރަށްތަކުގެ އިންޖީނުގޭގެ ބިންގާ އަޅުއްވާ ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެވެ.

ކުމުންދޫގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ވަލީދު ކޮންސްޓްރަކްސަން އާއެވެ. 270 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަންޖެހެއެވެ.

އަދި ވައިކަރަދޫގެ އިންޖީނުގެ އެޅުމަށް ހަވާލުކުރީ ފައިމީ ކޮންސްޓްރަކްޝަންއާއެވެ. އެ މަސައްކަތް ނިންމަން ދީފައިވަނީ 210 ދުވަހުގެގ މުއްދަތެކެވެ.

މީގެ އިތުރުން ނެއްލައިދޫގެ އިންޖީނުގެ އަޅަން ހަވާލުކޮށްފައިވަނީ ނުގާ ކޮންސްޓްރަކްޝަންއާއެވެ. އެ މަސައްކަތް 280 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: