ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ: ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

ހުޅުމާލެ ކޭސްގައި ހައްޔަރު ކުރި ދެމަފިރިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ދެ ފިރިހެން ކުއްޖަކާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ތަހުގީގު ކުރަމުންދާއިރު މި މައްސަލައިގެ ކޯޓުއަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކުރީ މި މަހުގެ 04 ގައެވެ. އަދި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނީ ބަންދުގެ 07 ދުވަސް ހަމަވުމުން، ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީގީނާކު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮން ބައެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މީޑިއާތަކުގައި އާއި ސޯޝަލް މީޑިއާގައި ވާ ގޮތުން މި މައްސަލައިގެ ތުހުމަތު ކުރެވެނީ މަޝްހޫރު ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ރިހުލާގެ މައްޗަށެވެ.

ޔުނާން އާއި ރިހުލާ ހައްޔަރުކޮށްފައިވަނީ، އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އާއްމުންގެ ބަޔަކު އެ ދެ މީހުން ދިރިއުޅޭ ހުޅުމާލޭގެ އެޕާޓްމެންޓު ކުރިމަތީ މުޒާހަރާ ކުރުމުންނެވެ. އަދި ހަމަ އެރޭ ދެމަފިރިންގެ އެދިގެން ފުލުހުން އެ މީހުންނަށް ރައްކާތެރިކަން ވެސް ދިނެވެ. ކޯޓު އަމުރެއްގެ ދަށުން ދެ މީހުން ވެސް ހައްޔަރު ކުރީ އޭގެ ފަހުންނެވެ.

މައުލޫމާތު ލިބޭގޮތުން ޔުނާން އާއި ރިހުލާގެ މައްޗަށް މި ތުހުމަތު ކުރަނީ ޔުނާންގެ އާއިލާގެ ބައެކެވެ.

މި މައްސަލައިގައި ޖެންޑާރ އިން ބުނެފައިވަނީ، ފުލުހުންނާއި ގުޅިގެން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ޖެންޑާރ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: