ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު މިހާރު ދައްކަވަނީ ބުއްދި ހަމަނުޖެހޭ ވާހަކަ: ޖަމީލު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިހާރު ދައްކަވަނީ ބުއްދި ހަމަނުޖެހޭ ވާހަކަތަކެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) ގައި ނަޝީދު އިންނަވަން ކަމަށް އެމަނިކުފާނު ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު މިހާރު ދައްކަވަނީ ބުއްދި ހަމަނުޖެހޭ ވާހަކަ ކަމަށާއި ޔާމީނަށް ކްރިމިނަލް ކޯޓުގައި އިންސާފު ނުލިބުމުގެ އެންމެ ބޮޑު ސަބަބަކީ ނަޝީދާއި ސަރުކާރުގެ ނުފޫޒު އޮތް ޖޭއެސްސީ އޮތުން ކަމަށް ޔާމީން ދެކެވަޑައިގަންނަވާ ކަމަށެވެ.

“ޖޭއެސްސީން ވަނީ ފާޅުގައި ޔާމީންގެ ޝަކުވާތަކަށް ހުރަސް އަޅާފައި. ނަޝީދު ބޭނުންވަނީ ޑިފެކްޓޯ އުއްތަމަ ފަނޑިޔާރަށް ވާންތޯ؟” ޖަމީލު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަންގެ މެންބަރުން ވަނީ ޖޭއެސްސީ އިން ރައީސް ނަޝީދު ވަކިވެވަޑައިގަތުމަށް ގޮވާލާފައެވެ.

އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ އެއް ކަމަކީ އެމަނިކުފާނު މިވަގުތު ޖޭއެސްސީގައި އިންނެވުން ކަމަށާއި ރާއްޖޭގައި އިންސާފުވެރިކަމާއެކީގައި ޝަރީއަތް ހިންގޭ ގޮތް ނުވެއްޖެނަމަ ކުރީގެ ވެރީންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން އިންތިހާވާނެ ކަމަށެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: